ދިވެހިރާއްޖެ
އިޢުލާން
ދިޔަމިގިލީގައި ދުއްވާ އެހެން ޒޯންތަކަށް ނިސްބަތްވާ އެއްގަމު އުޅަނދުފަހަރު މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުން
ދިޔަމިގިލީގައި ދުއްވާ އެހެން ޒޯންތަކަށް ނިސްބަތްވާ އެއްގަމު އުޅަނދުފަހަރު، މި ރަށުގެ ޒޯނަށް ބަދަލުކޮށް ރަޖިސްޓްރީ ކުރުމަށް މި ކައުންސިލްގެ ނަންބަރު (IUL)385/2026/02-N4 އިޢުލާނުން ދެވިފައިވާ މުއްދަތު (01 ޖުލައި 2026 އިން 30 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް) ވަނީ ހަމަވެފައެވެ. ނަމަވެސް، މި ރަށުގައި ދުއްވާ އެހެން ޒޯންތަކުގެ ގިނަ އެއްގަމު އުޅަނދުތައް އަދިވެސް މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، މި ފުރުޞަތު އިތުރުކޮށްދިނުމުގެ ގޮތުން، 31 އޮކްޓޯބަރ 2026 ގެ ނިޔަލަށް އުޅަނދުތައް މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން، މި ރަށުގައި ބޭނުންކުރަމުންދާ އެހެން ޒޯންތަކުގެ އެއްގަމު އުޅަނދުފަހަރު، އިސްވެ ދެންނެވުނު މުއްދަތުގެ ތެރޭގައި މި ރަށުގެ ޒޯނަށް ރަޖިސްޓްރީކޮށް ނިންމެވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
މީގެ އިތުރުން، އެކި މަސައްކަތްތަކާ ގުޅިގެން ވަގުތީ ގޮތުން މި ރަށަށް ގެނެވޭ އެހެން ޒޯންތަކުގެ ސައިކަލު، ބަގީ ފަދަ ލުއި އުޅަނދުފަހަރު މި މުއްދަތުގެ ފަހުން މިރަށުގައި ދުއްވޭނީ، ކައުންސިލުން ދޫކުރާ 100 (ސަތޭކަ) ރުފިޔާގެ އިސްޓިކާއެއް ނަގައިގެންނެވެ. އަދި ވަގުތީ ގޮތުން މި ރަށަށް ގެނެވޭ އެހެން ޒޯންތަކުގެ ލޮރީ، ޕިކަޕް، ކާރު ފަދަ ބަރު އުޅަނދު ފަހަރު މި މުއްދަތުގެ ފަހުން މިރަށުގައި ދުއްވޭނީ، ކައުންސިލުން ދޫކުރާ 150 (ސަތޭކަ ފަންސާސް) ރުފިޔާގެ އިސްޓިކާއެއް ނަގައިގެންނެވެ. މި އިސްޓިކާއަކީ 30 ދުވަހުގެ މުއްދަތަށް ކައުންސިލުން ދޫކުރާ އިސްޓިކާއެކެވެ.
31 އޮކްޓޯބަރ 2026 ގެ ފަހުން، މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކައުންސިލުން ދޫކުރާ އިސްޓިކާ ނުޖަހާ ދުއްވާ އެއްގަމު އުޅަނދުފަހަރާ މެދު، ކައުންސިލުން ފިޔަވަޅު އަޅާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
