ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
ޅ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނޭ ފަރާތެއްހޯދުން

ޅ.އަތޮޅު މަދަރުސާ

 

 ޅ.ކުރެންދޫ،

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ:(IUL) GS-21/2026/13  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1.  މި ބީލަމަކީ ޅ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 30 ން ފެށިގެން 2026 އޮކްޓޯބަރ 07 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. ބިޑް ރެޖިސްޓްރޭޝަން ލިންކް  :  https://forms.gle/kpMSiEspUA5yfdNV6

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2026 އޮކްޓޯބަރ 07 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ގުޅޭ "ބީލަން ފޮތް" މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 14 ވާ ބުދަ ދުވަހުގެ 11:00 ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ޅ.އަތޮޅު މަދަރުސާ

ޅ.ކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6620038 / 9784340

އީ-މެއިލް: [email protected]

 

19 ރަބީޢުލްއާޙިރު 1448

30 ސެޕްޓެމްބަރ  2026

                                                                                                          މުޙައްމަދު ނިޒާމް

                                                                   ޕްރިންސިޕަލް  

30 ސެޕްޓެންބަރު 2026
ހޯދާ