ދިވެހިރާއްޖެ
މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމެއް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމެއް ތައްޔާރުކޮށްދޭނެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
|
ނަން: |
ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުން |
|
އަދަދު: |
01 |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި |
|
އަގު: |
35,000/- (ތިރީސް ފަސްހާސް ރުފިޔާ) ކޮންމެ މަހަކު (ޓަރމްސް އޮފް ރިފަރަންސްގައި ވާގޮތަށް އެ މަހަކު ނިންމަންޖެހޭ މަސައްކަތް ނިމުމުން) |
|
މުއްދަތު: |
12 މަސް |
|
އިތުރު މަޢުލޫމާތު: |
އިޢުލާނާ އެޓޭޗް ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) |
ވިމާ، މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމް އެއް ތައްޔާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 06 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
19 ރަބީޢުލްއާޚިރު 1448
30 ސެޕްޓެމްބަރު 2026
