ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

އެސިސްޓެންޓް ފޯމަން  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކަލާފާނު ސްކޫލް

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސް ސްޓާފް ގްރޭޑް 3

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މުސާރަ:

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

 

މަގާމުގެ ޝަރުޠު:

1. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލުގައި ކުރަންހުންނަ މަރާމާތުފަދަ ކަންތައްތަކަށް އިޢުލާންކޮށް، މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން.

2. އެކިއެކި ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓް ތައްޔާރުކޮށް، މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ އެންމެހައި ލިޔެކިއުންތައް ބަލަހައްޓައި އަޕްޑޭޓްކުރުން.

3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް، މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅާ ލޮގްކުރެވޭ މަސައްކަތްތައް ނިންމުން.

4. ސްކޫލުގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން.

6. ސްކޫލުގެ މުހިންމު ޙަފްލާތަކަށް މަސައްކަތު މީހުން އެހީތެރިމަކާއެކު ތައްޔާރުކުރުން.

7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާތަކާއި ފަރުނީޗަރުތަކުގެ ހާލަތުބަލައި މަރާމާތާ ގުޅޭ

  ކަންތައްތައް، ބަޖެޓް ސެކްޝަނާ ގުޅިގެން ކުރުން.

8. ފާޚާނާތައް ޗެކްކޮށް، އެތަންތަނާބެހޭ އޮބްޒަވޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން.

މިވަޒީފާއަށް އެންމެ ޤާބިލް މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ ކައުންޓަރުން ލިބޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި:

  • މި މަގާމްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުން އެދެމެވެ.
  • މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ 15 ފަރާތާއެވެ.

 

އިތުރު މަޢުލޫމާތު:

  • މި ސްކޫލްގެ ފޯނު: 3326607،  ފެކްސް: 3314457
  • ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

9 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ