ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޕްރިންޓަރ
ބޭނުންވާ އަދަދު: 01
ރޭންކް: ސަޕޯޓް ސަރވިސް 3
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: -/3875 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީ ބައި
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ދުވަހުން ދުވަހަށް ޕްރިންޓް ނަގަންޖެހޭ އެންމެހައި ތަކެތި ޕްރިންޓު ކުރުން.
- ޓެސްޓް ޕޭޕަރުތައް ޕްރިންޓް ކުރުމުގައި ސިއްރު ހިފެހެއްޓުމާއި ރައްކާތެރިކަމާއެކު ޓީޗަރުންނާއި ހަވާލުކުރުން.
- ސްކޫލުން ފާހަގަކުރަންޖެހޭ އެންމެހައި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމުގައި ސްކޫލަށް އެހީތެރިވެދިނުން.
- ވަޒީފާއާ ގުޅޭގޮތުން މަރުކަޒުގެ އިދާރާއިން ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
ޝަރުޠު:
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
- ދިވެހިބަހުންނާއި އިނގިރޭސިބަހުން މުޢާމަލާތު ކުރަން އެނގުން
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއު ކުރުން 2016 ފެބުރުވަރީ 29 ވަނަ ދުވަހު މި މަރުކަޒުގައި އޮންނާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަރުކަޒުގެ އިދާރާއަށެވެ. އީ.މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 6660020 ފޯނަށް ގުޅުއްވުން އެދެމެވެ.