ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން
ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅުކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ދިނުމަށް އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި، ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނިންމާ، ކައުންސިލްތަކަށް އެފުރުސަތު ހުޅުވާލުމާއި ގުޅިގެން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް މިރަށުގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޢަމަލީ އިމްތިހާނުތައް ކުރިއަށް ގެންދިއުމަށްޓަކައި އެގްޒަމިނަރަކު ހޯދަން ބޭނުންވެއެވެ. މިކަމަށް އެދި ހުށަހަޅާ ނިޔަމިކަމުގެ ސެޓްފިކެޓް އޮތް މީހުންގެ ތެރެއިން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ އެންމެ ގިނަ ކެޓަގަރީއަކުން ލައިސަންސް އޮތް ފަރާތަށް އިސްކަން ދިނުމަށް ހަމަޖެހިފައިވެއެވެ.
ޝަރުތު:
- ނިޔަމިކަމުގެ ސަނަދު އޮތުން.
- ކަނޑު އުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
- ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާޢިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
- ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
- ޢުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
އުޖޫރަ:
- އިމްތިހާންކުރާ ކޮންމެ އުޅަނދަކަށް -/50 ރުފިޔާ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމާއެކު ލިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 6645377 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
