އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

   މަޤާމު:                     ސްޕޯޓްސް ސުޕަވައިޒަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 4

   ކްލެސިފިކޭޝަން:                އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ:                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              އއ. އަތޮޅު ތަޢުލީމީ މަރުކަޒު

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީބައި

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޕޯޓްސް ކްލަބްގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  • ސްކޫލުގެ ކުޅިވަރު މުބާރާތްތައް ވިލަރެސްކުރުން.
  • ސްކޫލުގައި ހިންގާ ކަރިކިއުލަރ އަދި ކޯ ކަރިކިއުލަރ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  • ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަންގެ ގަޑި ނެގުމުގައި މުދައްރިސުންނަށް އެހީތެރިވެދިނުން.
  • ވަޒީފާއާ ގުޅޭގޮތުން މަރުކަޒުގެ އިދާރާއިން ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއު ކުރުން 2016 ފެބުރުވަރީ 29 ވަނަ ދުވަހު މި މަރުކަޒުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަރުކަޒުގެ އިދާރާއަށެވެ. އީ.މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.    

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 6660020 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ފެބުރުވަރީ 2016
ހޯދާ