މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ.އެސް 4

ކްލެސިފިކޭޝަން :                  އޮފިސަރ ގރ. 2

މުސާރަ :                      -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                       ދާއިމީ

މަސައްކަތު ގަޑި:                  ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :        އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އެކަޑަމިކް ލެކްޗަރަރއިން ގެންނަ ތަކެތި އަދި ރާއްޖެތެރޭ ސެންޓަރުތަކުގައި ކޯސް ހިންގުމަށް ބޭނުންވާ ތަކެތީގެ ފޮޓޯކޮޕީ ހެދުން.

2- އޮންލައިންކޮއް ހިނގާ ކޯސްތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން

3- ޑިޕާޓްމަންޓްތަކުގެ ޕާޓްޓައިމް ލެކްޗަރަރއިންގެ އެޓެންޑެންސް ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން

4- ދަރިވަރުންގެ އެޓެންޑެންސް ތައްޔާރުކޮށް އެންޓަރ ކުރުން.

5- އަތޮޅުތެރޭގެ ކެންޕަސްތަކުގެ އަދި ޕޮލިޓެކްނިކްގެ ލެކްޗަރަރއިންނަށް މީޓިންގ، ވޯކްޝޮޕް އަދި ޓްރެއިނިންގތަކަށް އެންގުން.

6- މޯލްޑިވްސް ޕޮލިޓެކްނިކުގެ ލެކްޗަރަރއިންނާ ބެހޭ ތަކެތި ނޯޓިސް ބޯޑުތަކަށް އަރުވަންޖެހޭ އެއްޗެހި އަރުވައި އަޕްޑޭޓްކުރުމާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގެ ނޯޓިސްބޯޑަށް އަރުވަންޖެހޭ އެއްޗިހި ކެމްޕަސްތަކަށް ފޮނުވުން.

7- އެކަޑަމިކް ކަންކަމާ ބެހޭގޮތުން އަތޮޅުތެރޭގެ ކެމްޕަސްތަކަށް ކުރަންޖެހޭ ފޯނުކޯލްތަކާއި އީމެއިލް އަދި ފެކްސް ފޮނުވުން.

8- ލެކްޗަރައިން ކިޔަވައިދެއްވާ ޓައިމްޓޭބަލްތައް ތައްޔާރުކޮށް އަޕްޑޭޓްކުރުން.

9- ލޮގްޝީޓް ތައްޔާރުކޮށް އެޓެންޑެންސް ފައިލުގައި ފައިލުކުރުން.

10- އޮފީހުގައި ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން)

11- ސެކްޝަން/ ޔުނިޓުންކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެ ހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ޝަރުޠު:          

ތައުލީމީ ފެންވަރު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީސްކޫލް ސެޓުފިކެޓުގެ އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ޅ. މެންދުރުފަހު މަސައްކަތް ކުރެވޭ ފަރާތްތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. މި މަޤާމުގެ އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކުނިކުގެ ވެބްސައިޓް www.polytechnic.edu.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  01 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

18 ފެބުރުވަރީ 2016
ހޯދާ