ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ކޯޓަށް ބޭނުންވާ 10 (ދިހައެއް) ކޮމްޕިއުޓަރ ސިސްޓަމް ހޯދުމާ ގުޅޭ
މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/33 (06 އޮގަސްޓު 2026) އިޢުލާނުން މި ކޯޓަށް ބޭނުންވާ 10 (ދިހައެއް) ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 12 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
29 ސެޕްޓެންބަރު 2026
ހޯދާ
