ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

ދިރިއުޅުމަށްޓަކާއި ބަންޑާރަ ގޯތި ދޫކުރުމާބެހޭ:

ބާރަށުން މިއަހަރު 2016 ވަނައަހަރު ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 60x50) 3000) އަކަފޫޓުގެ 70 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުން ބާރަށު ޞިއްޙީމަރުކަޒުގެ އުތުރުން ފެށިގެން މިހާރު ގޯތި ދޫކޮށްފައިވާ ސަރަޙައްދުން 35 ގޯއްޗާއި ދެކުނުން އީދުކުޅޭމަގުގެ އިރުދެކުނުން ދުވާފަރުމަގާ ދެމެދު 16 ގޯއްޗާއި ހިތަށް ފިނިވާމަގު ދެކުނުން އީދުކުޅޭމަގާ ދެމެދު 11 ގޯއްޗާއި ހިތަށްފިނިވާމަގުގެ އުތުރުން ކަމަނާމަގާ ދެމެދުން 08 ގޯއްޗާއި ޖުމްލަ 35 ގޯއްޗެވެ. އެހެންކަމުން، ގޯތި ބޭނުންވާ ތިރީގައި މިދަންނަވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ފޯމު ނަންގަވާ ފޯމު ފުރުއްވުމަށްފަހު 16 ފެބުރުވަރީ 2016 ވަނަދުވަހުން ފެށިގެން 14 މާރިޗު 2016 ވަނަދުވަހުގެ 13:30 ގެ ކުރިން ބާރަށު ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ބާރަށު ކައުންސިލްގެ އިދާރާއިން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500016 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

ގޯތިލިބޭ މީހުންގެ ގައިގައި ހުންނަންވާނެ ޝަރުޠުތައް.

01. ދިވެހިރައްޔިތެއް ކަމުގައިވުން

02. ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން

03. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން

04. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.

05. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއްގެ ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 02 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން

06. ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައިވުން.

07. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 02 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

08. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެން އޮތްނަމަ، އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮލުމަށް އެއްބަސްވުން.

09. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ، އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުމުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީ ކޮށްދެވޭނީ، ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތް ބައި ސަރުކާރަށް ދޫކޮލިކަމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)

10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ތަނަކުން ލިބިފައި ނެތުން.

11. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައި ނެތުން.

12. ގޯތި ދޫކުރާނީ ޕޮއިންޓް ސިސްޓަމްގެ އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

13. ގޯތި ލިބޭ ފަރާތްތަކުން އެއްގޯތި އަނެއްގޯއްޗަށް ކަން އަޅައި ރަޖިސްޓަރީ ކުރުމުގެ ކުރިން ބަދަލުކުރެވި ދާނެއެވެ. (މިގޮތުން ބަދަލުކުރެވޭނީ އެއްފަހަރުއެވެ.)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016
ހޯދާ