ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއަށް ބީލަން ޢުޞޫލުން ބިން ދޫކުރުމާއި ގުޅޭ

ކޮޅުމަޑުލު އޮމަދޫ ބަނދަރު ސަރަޙައްދުން ބީލަން އުޞޫލުން ދިގު މުއްދަތައް ވިޔަފާރި ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް 0.80ރ (އަށްޑިހަ ލާރީ) އެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

 

 

  1. 1.      ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ހިންގުމަށް ދޫކުރެވޭ ބިން:

 

  • ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ބަނދަރުގެ އިރުމަތީ ސަރަޙައްދު (ޕްލޮޓް ނަމްބަރ: R1, R2, R3, R4)
  • ބިމުގެ ބޮޑުމިން: 1000 އަކަފޫޓް
  • ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 04
  • ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 15 އަހަރު
  • ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް

 

                ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

 

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

 

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

11 އޮކްޓޫބަރ 2026 (އާދިއްތަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

15 އޮކްޓޫބަރ 2026 (ބުރާސްފަތި)

10:30

 

                މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ 6780039 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.

29 ސެޕްޓެންބަރު 2026
ހޯދާ