ދިވެހިރާއްޖެ
މަޤާމު: ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް 1
ކްލެސިފިކޭޝަން : ސީނިއަރ އޮފިސަރ ގރ. 1
މުސާރަ : -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ފިނޭންސް އެންޑް ފެސިލިޓީސް، ޕްރޮކިއުމަންޓް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- މާލިއްޔަތު ޤާނޫނާއި އަދި މާލިއްޔަތު ގަވާއިދުތަކާ ޚިލާފުނުވާ ގޮތަށް ކޯސްތައް ހިންގުމަށް ބޭނުންވާ ކޮންސިއުމަބަލްސް ފަރުވާތެރިކަމާއެކު ހޯދުން
2- އޮފީސް ހިންގުމަށް ބޭނުންވާ އެންމެހައި ތަކެތި ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާގޮތުން ފަރުވާތެރިކަމާއެކު ހޯދުން
3- ޕްރޮކިއުމަންޓު ޔުނިޓުން ހޯދޭ ތަކެއްޗަށް އޮފީހުގައި ހެދިފައި ހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން
4- އަތޮޅުތަކުގައި ހުރި އަދި ޤާއިމުކުރުވާ ކެންޕަސްތަކަށް ބޭނުންވާ ތަކެތި ފަރުވާތެރިކަމާއެކު ފޯރުކޮށްދިނުން
5- ޕްރޮކިއުމަންޓް ޔުނިޓުން ހޯދާ ތަކެއްޗާ ގުޅުން ހުރި އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
6- އޮފީހަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އިޢުލާންތަކާއި އެ އިޢުލާންތަކާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ބެލެހެއްޓުން
7- ބިޑް އިވެލުއޭޝަން ކޮމެޓިގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
8- ހޯދާ ޚިދުމަތްތަކާ ގުޅުންހުރި ބިލުތައް އަދާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފައިސާއާ ބެހޭ ޔުނިޓަށް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރުން
9- ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި، ބިޑުތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބަލައިގަތުން.
10- ތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޯރގައި ނެތް ތަކެތި ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
11- މޯލްޑިވްސް ޕޮލިޓެކްނިކުން ނީލަންކިޔަން ޖެހޭ ތަކެތި ނީލަންކިޔުން.
12- ޕޮލިޓެކްނިކުގެ އާންމު ޚިދުމަތްތައް ދިނުމުގެ އިތުރުން ކިޔަވައިދޭ ތަނަކަށްވާތީ ކިޔަވައިދިނުމަށް ބުރޫނާރާގޮތަށް ތަކެތި ހޯދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.
13- މޯލްޑިވްސް ޕޮލިޓެކްނިކުގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިވެދިނުން.
14- އޮފީހުގައި ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކްކުރުން)
15- މަޤާމުގެ މަސައްކަތުގެ އިތުރުން ހަވާލުކުރުވާ ރަސްމީ މަސައްކަތްތައް ފަރުވާރެތިކަމާއެކު ފުރިހަމަކުރުން
ޝަރުޠު:
ތަޢުލީމީ ފެންވަރު:
- ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އިންޓަރވިއު ކުރުން
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއާއި ޕްރެކްޓިކަލް އޮންނާނީ 02 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ.
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 01 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.