މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލީޓެކްނިގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

މިއިންސްޓިޓުއުޓް މަރާމާތު ކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)213-PRC/1/2026/11 އިޢުލާން އާއި ގުޅިގެން ހުށައެޅި ބީލަންތަކުގެ އަގު ބޮޑު ކަމަށްވާތީ އެއިޢުލާން އާއި ގުޅިގެން ހުށައެޅުން ބީލަންތައް ބާޠިލް ކުރި ވާހަކަ ދަންނަވަމެވެ. އަދި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  1. މޯލްޑިވްސް ޕޮލީޓެކްނިގެ މަރާމާތު މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަން ފޮތް މިއިޢުލާން އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 03 އޮކްޓޯބަރ 2026 ގެ ނިޔަލަށް ތިރީގައިވާ މެއިލްއަށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފޮނުއްވުން އެދެމެވެ.
  • ކުންފުނީގެނަން، ރަޖިސްޓްރީ ނަންބަރ ، ގުޅޭނެ ނަންބަރ
  • ރަޖިސްޓްރީ ކުރެއްވުމަށް ހުށައަޅުއްވާ ފަރާތްތަކަށް ރަޖިސްޓްރީ ނަންބަރެއް ފޮނުވާނެ ވާހަކަ ދަންނަވަމެވެ.
  1. އެއްވެސް ސުވާލެއްވާނަމަ 04 އޮކްޓޯބަރ 2026  ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 07 ވަނަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް މީޓިންގ ރޫމްގައި
  3. މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ..
  5. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް

ރެހެންދިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން:3002571

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

28 ސެޕްޓެންބަރު 2026
ހޯދާ