ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށް އުތީމު ބަނދަރު ސަރަޙައްދުން ބިން ދޫކުރުން

ވިޔަފާރިކުރުމަށް އުތީމު ބަނދަރު ސަރަޙައްދުން 3 ބިމެއް  20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 އޮކްޓޯބަރ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްވެސް ކުރެވިދާނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީ ކުރައްވާއިރު ބިމުގެ ތަފްޞީލް ނުވަތަ ސްލޮޓް ނަންބަރު ހިމަނާފައި ނުވާނަމަ ރަޖިސްޓްރޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. 

މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 2026 އޮކްޓޯބަރ 08 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، ބީލަން ހުށަހަޅާ ފޯމުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އުތީމު ކައުންސިލްގެ އިދާރާއިންނާއި އަދި މިއިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 ން 13:30 އަށް މިކައުންސިލްގެ ނަންބަރު 6500038 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2026
ހޯދާ