ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ކައުންސިލް މެދުވެރިކޮށް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން އެގްޒަމިނަރަކު ހޯދުމަށް ބޭނުން ވެއެވެ. އެގްޒަމިނަރަށް ކައުންސިލް މެދުވެރިކޮށް، ކޮންމެ ޕްރެކްޓިކަލް އެގްޒާމް އަކަށް -/100ރ ދިނުމަށް ހަމަޖެހިފައި ވެއެވެ. މިކަމަށް އެދި ހުށަހަޅާ ނިޔަމި ކަމުގެ ސެޓްފިކެޓް އޮތް މީހުންގެ ތެރެއިން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ އެންމެ ގިނަ ކެޓަގަރީ އަކުން ލައިސަންސް އޮތް ފަރާތަށް އިސްކަން ދިނުމަށް ހަމަޖެހިފައި ވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ސެޓްފިކެޓްތަކާއި ލައިސަންސްތަކުގެ ކޮޕީ، އައިޑީކާޑުގެ ކޮޕީ އަދި ވަޒީފާ އަދާކުރި/އަދާކުރާކަމުގެ ލިޔުން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރަކު ހޮވުމުގައި މާކްސް ދޭނޭ ގޮތް ތިރީގައި ދެންނެވިފައި އެވަނީއެވެ. ހުށަހަޅާ ފަރާތްތައް ލިބުނު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ އެންމެ ގިނަދުވަހު ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގައި މަސައްކަތްކޮށްފައިވާ ފަރާތް އެގްޒަމިނަރުގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
އިސްކަން ދިނުމަށް ޕޮއިންޓު ދޭނޭގޮތް:
ކަނޑުގައި ދުވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް އޮތް ކޮންމެ ކެޓަގަރީ އަކަށް 5 ޕޮއިންޓް
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
