ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގައްދޫ ޞިއްޙީމަރުކަޒުގެ ބައެއް އެނދުތަކުގައި ހޮސްޕިޓަލް ބެޑް ކާޓެއިން ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގައްދޫ ޞިއްޙީމަރުކަޒުގެބައެއް އެނދުތަކުގައި ހޮސްޕިޓަލް ބެޑް ކާޓެއިން ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

    އަމިއްލަތަކެތީގައި މިމަރުކަޒުން ކަނޑައަޅައި 10 އެނދުގައި ހޮސްޕިޓަލް ބެޑް ކާޓެއިން ރެއިލިންގް އަމިއްލަ ތަކެތީގައި ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ޞިއްޙީމަރުކަޒުގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްގައި ރެޖިސްޓްރީކުރުމަށް، 28 ސެޕްޓެމްބަރ 2026 އިން 04 އޮކްޓޯބަރ 2026 ވަނަދުވަހުގެ 13:00 ގެކުރިން މި މަރުކަޒުގެ އީމެއިލް އެޑްރެސް[email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކުރުން ނުވަތަ ގދ.ގައްދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމްހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ/ފޮނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 07 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:00 އާއި 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހަޅުއްވާނީ [email protected]  އަށެވެ.

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2026
ހޯދާ