މާލެއަތޮޅު ގުރައިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންސިޕަލް ހެލްތްކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. 

މަޤާމު:

 ޕްރިންސިޕަލް ހެލްތްކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

  J - 451854

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކްސަރވިސް ރޭންކް 8 (ސްޓެޕް 1)

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ގުރައިދޫ ޞިއްޙީމަރްކަޒު

މުސާރަ:

-/11620   ރުފިޔާ

މަޤާމްގެ އެލަވަންސް:

-/5420  ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/145  ރުފިޔާ
  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް އިތުރު ގަނޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ މަރުކަޒުގެ އެއްގަމުގައި ދުއްވާ ވެހިކަލްތައް ބަލަހައްޓައި އެތަކެތި މަރާމާތުކުރުމާއި، މަރާމާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން އަދި ކުރަންޖެހޭ ދަތުރުތަކުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުމާއި ވެހިކަލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުން ކުރަންޖެހޭ އެއްގަމު ދަތުރުތަކާއި، ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކުރުވުން.
  2. ޞިއްޙީ މަރުކަޒުގައި ހުންނަ ތަކެތީގެ ތެރެއިން ގަވާއިދުން ސަރވިސް ކުރަންޖެހޭ ތަކެތި ސަރވިސް ކުރުމުގެ ކަންތައް އިންތިޒާމް ކޮށް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  3. ޞިއްޙީ މަރުކަޒާއި ޞިއްޙީމަރުކަޒުގެ ދަށުގައިވާ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  4. ޞިއްޙީ މަރުކަޒުގެ ބިންބިމާއި އިމާރާތްތަކާއި، އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  5. ޞިއްޙީ މަރުކަޒުގެ އިމާރާތްތަކާއި އެތަންތަނުގެ ތަކެތި މަރާމާތާއި ބެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  6. ޞިއްޙީމަރުކަޒުގެ މެޑިކަލް އަދި ޖެނަރަލް ސްޓޮކްއަށް ބޭނުންވާ ތަކެތި ހޯދާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ދޫކުރުމުގެ މަސައްކަތް ކުރުވުން.
  7. ޞިއްޙީ މަރުކަޒުގެ ފަޔަރ އެލާމް ސިސްޓަމް އިންތިޒާމްކުރުމާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުވުން.
  8. ޞިއްޙީ މަރުކަޒުގެ ޓެލެފޯން ލައިންތަކާއި ޕީއޭބީއެކްސް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން .
  9. ޞިއްޙީ މަރުކަޒުން ކުރަންޖެހޭ އިދާރީ މަސައްކަތައް ކުރުވުން.
  10. ޞިއްޙީ މަރުކަޒުގެ ފައިސާ އާއި ބެހޭ އެންމެހާ ކަންކަން ދައުލަތުގެ މާލިއްޔަރުގަވާއިދާއި އެއްގޮތަށް ރާވާ، ހިންގާ ބެލެހެއްޓުމާއި، ފައިސާގެ މަސައްކަތްކުރާ  މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ސެކްޝަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަޤީންކުރުން، އަދި ސެކްޝަންގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.
  11. ބަޖެޓްއާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ނިންމަންޖެހޭ ނިންމުންތައް ޤާނޫނާއި ގަވާއިދާއި އެއްގޮތައް، އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި އެގޮތަށް އިސްވެރިޔާގެ ލަފަޔާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމުން.
  12. އެކައުންޓްތަކަށް އަނބުރާ ޖަމާކުރާ ފައިސާއާއި، އިތުރަށް ހޯދަންޖެހޭ ފައިސާއާ ބެހޭ ސިޓީތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވޭތޯއާއި އެ ސިޓީތަކަށް ޖަވާބުލިބިފައިވޭތޯ ބަލައި ޗެކްކުރުން އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާ ދިނުމާއި، ދޫކުރާ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓްތައް ތައްޔާރުކޮށްފައިވޭތޯ ބަލައި ޗެކްކުރުން.
  13. ޞިއްޙީ މަރުކަޒަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން ހަމަޖެއްސުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި މުވައްޒަފުންލައްވާ ކުރުވުން.
  14. ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރުމާއި ކުރުވުން.
  15. ޞިއްޙީމަރުކަޒު ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި ޓްރޭނިންގ ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން.
  16. މުވައްޒަފުންނަށް އަންގަންޖެހޭ އާންމު އުސޫލުތައް އެންގުމުގެ މަސައްކަތްކުރުމާއި ދަށުގައިތިބޭ މުވައްޒަފުންލައްވާ ކުރުވުން.
  17. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި ވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުން.
  18. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމާ ހޮސްޕިޓަލަށް ރިޕޯޓްތައް ފޮނުވުން.
  19. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ރެކޯޑްސްތައް ގަވާއިދުން ބެލެހެއްޓުމާއި، މުވައްޒަފުންގެ ރަޖިސްޓްރީތައް އަޕްޑޭޓް ކުރުވުމާއި، މުވައްޒަފުންގެ ފައިލްތައް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރުވުން.
  20.  ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީތައް ދިނުމާއި، ޗުއްޓީ ރެކޯޑްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުވުމާއި އެކަން ހުގާ ގޮތް ބެލެހެއްޓުން.
  21. ޞިއްޙީ މަރުކަޒުގައި ބޭނުން ކުރަމުންދާ ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޮސްޕިޓަލްގެ އައި.ޓީ ކަންކަން ބަލަހައްޓާ ފަރާތަށް ފޯރުކޮށް ދިނުން.
  22.  ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ކައުންޓަރުން ދެމުން އަންނަ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މެޑިކަލް ރެކޯޑްސްތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން.
  23. ޞިއްޙީ މަރުކަޒުން ދެމުންއަންނަ ޚިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުން.
  24. ޞިއްޙީ އިމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލ 9 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސަކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:   

  1.  އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް މެނޭޖްމަންޓް  
  8. ކޮމާރސް  
  9. ފައިނޭންސް  
  10. ފައިނޭންޝަލް މެނޭޖްމަންޓް  
  11. ފައިނޭންޝަލް ޕްލޭނިންގ  
  12. ހެލްތް އެޑްމިނިސްޓްރޭޝަން  
  13. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  14. ހެލްތް ކެއަރ މެނޭޖްމަންޓް  
  15. ހެލްތު މެނޭޖުމަންޓް  
  16. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  17. ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  18. ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  19. ހޮސްޕިޓަލް މެނޭޖްމަންޓް  
  20. ހިއުމަން ރިސޯސް  
  21. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  22. އިންޓަރނަލް އޮޑިޓިންގ  
  23. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  24. އިސްލާމިކް ފައިނޭންސް  
  25. ލެބޯޓަރީ ސައިންސް  
  26. މެނޭޖްމަންޓް  
  27. މެޑިކަލް ސައިންސް  
  28. ނާސިންގ  
  29. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  31. ޕަބްލިކް ފައިނޭންސް  
  32. ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން  
  33. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ މެނޭޖީރިއަލް މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް 

 

ނޯޓް: ވަޒީފާއަށް ކުރިމަތިލާ ފަރާތުން މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާއަކުން ސަނަދެއް ހުށަހަޅައިފިނަމަ އެ ފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅައިފައިވާ ޕޮއިންޓްދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%formlpnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕްއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޯބަރ 2026 ގެ 13:30 ގެ ކުރިން، ކ. ގުރައިދޫ ޞިއްޙީމަރްކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާން އޮންނާނީ، 20 އޮކްޓޯބަރ 2026 އާއި 30 އޮކްޓޯބަރ 2026 އާ ދެމެދު، ގުރައިދޫ ޞިއްޙީމަރްކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6640405 އަށެވެ. އީ-މެއިލް ކުރާނީ [email protected]     އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 ސެޕްޓެންބަރު 2026
ހޯދާ