ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ގައްދޫ ފެރީ ޓާމިނަލްގެ އާކިޓެކްޗަރަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯއިންގްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން

ގދ. ގައްދޫ ފެރީ ޓާމިނަލްގެ އާކިޓެކްޗަރަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯއިންގްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން

 

މިއިދާރާގެ ނަންބަރު  (IUL)419/419/2026/76އިޢުލާނުގައި ގދ. ގައްދޫ ކައުންސިލްގެ ފަރާތުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގދ. ގައްދޫ ފެރީ ޓާމިނަލް ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ މި އިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާންކުރަމެވެ. މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު، ފަރުދުންނާއި، އާކިޓެކްޓުންނާއި، ޑިޒައިނަރުންނާއި، އިންޖިނިއަރިންގ ފާމްތަކާއި އަދި މި ދާއިރާގެ ޤާބިލު ފަރާތްތަކަށް ހުޅުވާލަމެވެ.

#

ތަފްޞީލް

ތާރީޚާއި ގަޑި

1

ޑިޒައިން އަދި އަންދާސީ ހިސާބު ހުހަޅަންޖެހޭ ތާރީޚް

15 އޮކްޓޫބަރު 2026 (ބުރާސްފަތި) 13:00   

 

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޑިޒައިން އަދި އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާޒީ ހިސާބު ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހަޅުއްވާނީ [email protected] އަށެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9120126 އަށް ގުޅުއްވުން އެދެމެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ސެޕްޓެންބަރު 2026
ހޯދާ