ދިވެހިރާއްޖެ
ނަންބަރު: 258/258/2026/74(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ޓާރފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޓާރފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ 258/258/2026/56(IUL) (23 ޖޫން 2026) އިޢުލާންގެ ބިޑް ޑޮކިއުމަންޓުގެ 3 ވަނަ މާއްދާއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އުޞޫލު ނަމްބަރ 2026/G-2 "ދަޢުލަތުގެ އޮފީސްތަކުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާއި ފުށުއެރުމެއް އުޅޭތީ، ހަނިމާދޫ ކައުންސިލްގެ ބިޑްކޮމެޓީއިން މިމަސައްކަތް އަލުން އިޢުލާން ކުރުމަށް ނިންމުމާއި ގުޅިގެން، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/74 - Turf supply – Fill in form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
27 ސެޕްޓެމްބަރ 2026 އިން ފެށިގެން 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް |
06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހު 11:00ގެ ކުރިން އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
18 އޮކްޓޯބަރ 2026 (އާދީއްތަ) |
ހެނދުނު 11:00 / ހަނިމާދޫ ކައުންސިލް މީޓިންރޫމ |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
16 ރަބީޢުލްއާޚިރު 1448
27 ސެޕްޓެމްބަރ 2026
