މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުހުން ބޭނުންވެއްޖެ

މި ސަރވިސްގެ ތިރީގައި މިދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ދިވެހި ނަރުހުން ބޭނުންވެއްޖެއެވެ.

މަޤާމު

ނާރސް

ރޭންކް

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން

މެޑިކަލް ސަރވިސް

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/3500 ރުފިޔާ

އެކޮމޮޑޭޝަން އެލަވަންސް

-/2,500 ރުފިޔާ

ފުޑް އެލަވަންސް

-/1,800 ރުފިޔާ

ނޮންޕްރެކްޓިކްސް

1,963/50 ރުފޔާ

ބޭނުންވާ އަދަދު

03

މަސައްކަތް ކުރަންޖެހޭ ތަން

މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު

ޝަރުޠު

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1- ސަރުކާރު ގަބޫލުކުރާ އިންސްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

2- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވުން.

3- ނުވަތަ ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ނަރސިންގެ ރޮނގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮނގުން ޑިޕްލޮމާއެއް ނުވަތަ ސެޓުފިކެޓެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
  • ނާރސިން ސްޓޭޝަން އަބަދުވެސް އިމަޖެންސީ ޙާލަތަށް ތައްޔާރުކޮށްފައިހުރުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އިމަޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ގައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ގައިދީންގެ މަންތުލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ގައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލުތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

- މަތީ ތައުލީމާއި ތަމްރީން.

އިންޓަރވިއު ކުރުން

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު  2016 މާރިޗު 01 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް.

ފޯނު ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާ އެދި ހުށަހަޅުއްވާ ފޯމު. (ފޯމު މި ސަރވިސްގެ ވެބްސައިޓް  http://corrections.gov.mv  ން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސުގެ ކޮޕީ.
  • ނާރސިންގ ރެޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ.
  • މިހާރު ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ މި ސަރވިސްއަށް ބަދަލުވުމާމެދު އިއުތިރާޒެއްނެތްކަމުގެ ރަސްމީ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ސަފުހާ ނަންބަރު ޖަހައި ފޯމާއެކު ހީރަސްޖަހާފައެވެ.)

07 ޖުމާދަލްއޫލާ 1437
 
18 ފެބުރުވަރީ 2016
ހޯދާ