ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާނު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި، ޓައީ ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދުން.

 

ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި،ޓައީ އަމިއްލަ ތަކެތީގައި ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 27 ސެޕްޓެމްބަރ 2026 އިން 03 އޮކްޓޫބަރ 2026ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެމަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

06 އޮކްޓޫބަރ2026

އަންގާރަ

މަޢުލޫމާތު ސާފްކުރުން

11:30ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

08 އޮކްޓޫބަރ 2026

ބުރާސްފަތި

އަންދާސީ ހިސާބްހުށަހެޅުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

މި މަސައްކަތްކޮށްދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
  •  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
  •  މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  •  މި އިޢުލާނާ ގުޅިގެން ނަންނޯޓްކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2026 އިން 03 އޮކްޓޫބަރ 2026ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ރަސްމީގަޑީގައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ( ނަންބަރު 6700026 އަށް ) ގުޅުއްވައިގެން ، ނުވަތަ  މި ސްކޫލުގެ އީމެއިލް އެޑްރެސްއަށް މެއިލް ފޮނުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. މި ސްކޫލުގެ އީމެއިލް އެޑްރެހަކީ: [email protected] އެވެ.
  •  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިދަންނަވާ ނަންބަރަށް 6700026 ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ، ނުވަތަ  9991529 ނަންބަރަށް 27 ސެޕްޓެމްބަރ 2026އިން 04 އޮކްޓޫބަރ 2026އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ސެޕްޓެންބަރު 2026
ހޯދާ