ދިވެހިރާއްޖެ
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން
އއ.ބޮޑުފޮޅުދޫ ލޭންޑްޔޫޒް ޕްލޭންއާއި އެއްގޮތަށް "އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ފާސްކުރުމަށް، 24 ސެޕްޓެމްބަރު 2026 ގައި ބޭއްވުނު މިކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ އާއްމު ޖަލްސާއިން ފާސްކޮށް، ރަށުގެ ޗާޓްގައި ފާހަގަކޮށްފައިވާ ހިއްކި ބިމުގައި ދިރިއުޅުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ 1200 (ބާރަ ސަތޭކަ) އަކަފޫޓުގެ 200 (ދުއިސައްތަ) ގެވަޅު އޮތް ސަރަހައްދުން، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގެ 11 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު، އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.
ފޯމް ދޫކުރުން:
ފޯމް ދޫކުރާނީ: މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމް ދޫކުރާ ތާރީޚް: 27 ސެޕްޓެމްބަރު 2026
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 – 14:00
ފޯމް ބަލައިގަތުން
ފޯމް ބަލައިގަންނާނީ: އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ފޯމް ބަލައިގަތުން އޮންނާނީ: 27 ސެޕްޓެމްބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 01 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00 އަށެވެ.
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 – 14:00
ނޯޓް: މި އިޢުލާނާއި އެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެ އެވެ.
- އއ.ބޮޑުފޮޅުދޫ ކައުންސިލުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު (USL) 343/2026/03
- ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
- ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް، ރަށުގެ ބިނާވެށި ޕްލޭން
25 ސެޕްޓެމްބަރ 2026
