މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

 

އިޢުލާން

 

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

 

މަޤާމު

މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

 -

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

މެޑިކަލް އޮފިސަރ (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)،

މެޑިކަލް އޮފިސަރ (ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1)

ޑިވިޝަން/ ސެކްޝަން

ތެލަސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ހުޅުމާލެ

މަސައްކަތް ކުރަންޖެހޭ ގަޑި:

ޑިއުޓީ އުސޫލުން

މުސާރަ

މަގާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1

20,004.00 ރުފިޔާ

11,456.00ރުފިޔާ

310.00 ރުފިޔާ

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

18,129.00 ރުފިޔާ

10,382.00 ރުފިޔާ

281.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޯ.ޕީ.ޑީ ގައި ދަންފަޅި އުސޫލުން ބަލިމީހުން ބެލުމުގެ މަސައްކަތް ފުރިހަމަ ކުރުމާއި، ޕޭޝަންޓުންގެ ފަރުވާގެ ކަންކަން ގަވައިދުން މޮނީޓަރކޮށް ރިވިއުކުރުން އަދި ސްޓޭންޑްބައިގައި ހުރެ ވެސް ޕޭޝަންޓުންނާ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މުއާސަލާތުކުރުން. އެގޮތުން، ކަމާގުޅޭ އުސޫލުތަކާއި އަދި ގައިޑްލައިންތަކަށް އަހުލުވެރިވެ އިރުޝާދުތަކާއެއްގޮތަށް މި މަސައްކަތް ފުރިހަމަކުރުން.
  2. ތެލެސީމިއާ ބަލިމީހުން، ލޭއަޅަމުންދާ ވަގުތު ދިމާވެދާނެ ޞިއްޙީ ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި، ޓްރާންސްފިއުޝަނާ ގުޅޭ އިންސިޑެންޓްތަކާއި ރިއެކްޝަންފަދަ ކަންކަން ދެނެގަނެ ކޮންމެ ދުވަހަކު ލިޔުމުން ރިޕޯރޓްކުރުމާއި އަދި ކުރުވުން، މަޝްވަރާކުރުމާއި އަދި އަވަސް ފަރުވާ ދިނުމާއި މަތީ ފެންވަރުގެ ފެސެލިޓީއަކަށް ޓްރާންސްފަރ ކުރުން ފަދަ މަސައްކަތްތައް ވަގުތުގައި ކުރުމުގެ މަސައްކަތް އަމަލީގޮތުން ފުރިހަމަކުރުން.
  3. ކޮލިޓީ އެންޑް ސޭފްޓީ ކޮމިޓީގެ ފަދަ ކޮމިޓީތަކުގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމާއި، ކޮމިޓީގެ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތީން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކޮންމެ ހަފްތާއަކު އިސްނަގައިގެން ނިންމައި ޑިރެކްޓަރ ޖެނެރަލް އަދި ޗެއަރއަށް ކޮމިޓީގެ މަސައްކަތުގެ އަދާހަމަ ލިޔުމުން ކޮންމެ ހަފްތާއަކު ދިނުމާއި ވީ އެންމެ އަވަހަކަށް ކަރެކްޓިވް މެޝަރސް ނެގުމުގެ މަސައްކަތް ފުރިހަމަކުރުން.
  4. ތެލެސީމިއާ ކުދީންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ މީހުންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިން ވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ފަރާތްތަކަށް ގަވާއިދުން ދޭންޖެހޭ ޞިއްޙީ އިރުޝާދު ސްޕެޝަލިސްޓާ މަޝްވަރާކުރެވިގެން ދިނުމާއި، ފަރުވާ ދިނުމާއި، ރިފަރަލް ހެދުމާއި، އަދި ދޭކަން ކަށަވަރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުން.
  5. ތެލަސީމިއާ ކުދިންގެ ފަރުވާ އާއިބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް އިސްނަގައިގެން، ވީ އެންމެ ފުރިހަމައަށް އޮޅުންފިލުވައި ދީ، ދޭންޖެހޭ ޞިއްޙީ އިރުޝާދު ދިނުމާއި، ހޯދައި ދިނުމާއި އެކު އެކަން ބެލެނިވެރިންނާއި ކަމާގުޅޭ ފަރާތްތަކުންވެސް ކުރޭތޯ ގަވައިދުން މޮނީޓަރކުރުން އަދި މޮނީޓަރިން ޝީޓް/ޕޯރޓަލް އަދާ ހަމަކުރުން.
  6. ހަވާލުކުރެވޭ ސެކްޝަންތަކާއި އަދި މުވައްޒަފުންގެ ސުޕަވިޝަން މަސައްކަތްތައް ގަވައިދުން ބަލަހަށްޓައި، ފެންވަރު ބަލައި، އިސްލާޙީ ފިޔަވަޅު އަޅައި، އަވަސް އަވަހަށް މަސައްކަތު ދާއިރާއާ ގުޅޭ އެންމެހައި ތަމްރީން ދެވޭކަން ކަށަވަރުކުރުމާއި، ވިލަރެސްކުރުމާއި އަދި މޮނީޓަރ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން.
  7. ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތަކަށް، ތެލެސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، ހަވާލުކުރެވޭ އަދި ކުރަންޖެހޭ ފަންނީ މަސައްކަތްކާއި އަދި މެޑިކަލް އިދާރީ މަސައްކަތްތައް ކޮންމެ ދުވަހަކު ފުރިހަމަ ކުރުން. މީގެ ތެރޭގައި އުސޫލުތައް ޑްރާފްޓް ކުރުމާއި، ބައްދަލުވުން އިންތިޒާމުކުރުމާއި، ޕޭޝަންޓް މެޑިކަލް ރިކޯޑް ބެލެހެށްޓުމާއި އަދި ޑެއިލީ ސްޓެޓިސްޓިކްސް ރިޕޯރޓް މައުލޫމާތު ނަގައި އަދި އެކުލަވާލައި އަދާހަމަ ކުރުން.
  8. ބަލިމީހުންނާއި ޚިދުމަތް ހޯދާމީހުންގެ ޞިއްޚީ މަޢުލޫމާތު ލިޔެ ރެކޯޑްކޮށް، މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދު ނުކެނޑި ފަރުވާ ކުރިއަށް ގެންދިޔުމާއި، ޓީމުގެ އެހެން ޞިއްޚީ ޚިދުމަތްތެރިންނާއި އަދާހަމަ ހިއްސާކުރުން، އަދި އެޕޮއިންޓްމަންޓްސް ހަމަޖެއްސުމުގައި ވިލަރެސްކުރުން. މީގެ، ތެރޭގައި، ބޯންމެރޯ ޓްރާންސްޕްލާންޓު ޚިދުމަތާ ގުޅޭ އިންތިޒާމީ ކަންކަމާއި، އެނޫންވެސް މެޑިކަލް ޚިދުމަތްތަކާ ގުޅޭގޮތުން ބަލި މީހުންނާއި އަދި އިދާރާތަކާއެކު ވިލަރެސްކުރުމަށް ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތް ކުރުމަށް ހަވާލު ކުރެވުމުން އެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން.
  9. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ މަސައްކަތްތައް ކުރަން ހަވާލުކުރާ މިންވަރަށް، ކެއަރ ސެންޓަރާއި އަދި އެނޫންވެސް ކަމާ ގުޅުން ހުރި މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ފޯރމުތައް ފުރިހަމަ ކުރުމާއި، ތެލަސީމިއާ މީހުންނަށް ކޮންމެ ދުވަހަކު ގުޅާކަން ކަށަވަރުކުރުމާއި، ބަލި މީހުންނާއި އަދި އާއިލާތަކާ މަޝްވަރާ ކުރުމާއި، ރަށްރަށުގެ ޞިއްހީ ޚިދުމަތް ދޭ ޚިދުމަތް ތެރިންނާއި ފޯކަލް ޕޮއިންޓުންނާ ވިލަރެސްކޮށް، ބަލިމީހާއާ ގުޅޭ ކަންކަން ކުރިޔަށް ދާ މިންވަރު މޮނީޓަރކޮށް ކޮންމެ ބަލިމީހެއްގެ ރިކޯޑް އަދި ސްޓެޓިސްޓިކްސް ކޮންމެ ދުވަހަކު އަދާހަމަ ކުރުމާއި އަދި ކުރުވުމުގައި އިސްރޯލެއް އަދާކުރުން.
  10. ތެލަސީމިއާ ގުޅޭ ގައުމީ ލަނޑުދަނޑިތަކާއި ޕޮލިސީ ނިންމުންތަކާއި، އެކިއެކި ހަރަކާތްތަކުގެ އަމާޒަށް ވާޞިލްވުމަށް، ޑިރެކްޓަރ ޖެނެރަލް އެކުލަވާލާ ޓާސްކް ފޯސް، ސްޓިއަރިން ކޮމިޓީ، ޕްރޮޖެކްޓް އަދި އެކްޓިވިޓީ ޓީމުގެ މެމްބަރެއްގެ ގޮތުން، ކަނޑައަޅާ ހަވާލުކުރާ ފަންނީ އަދި ސެކެޓްރިއޭޓް މަސައްކަތްތައް ވިލަރެސްކުރުމާއެކު މައުލޫމާތު އެއްކޮށްގެން، އަމަލީގޮތުން އިތުރު ވަގުތު ހޭދަ ކޮށްގެން އިސްކަން ދީގެން ފުރިހަމަކުރުން.
  11. ރާއްޖޭގެ ސަރަހައްދު ތަކަށާއި، ވަކި އާބާދީތަކަށް އަމާޒުކޮށް، ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް، ތަރައްޤީކޮށް އަދި ހަރުދަނާ ކުރުމަށާއި، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށާއި، އަދި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރު ކުރުމާއި، މީޑިއާ އަދި އެނޫންވެސް ޒަރިއްޔާތައް މެދުވެރިކޮށް ސެޝަންސް ނަގައި ދިނުމާއި އަދި ހުށަހެޅުން.
  12. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް ބޭއްވޭ ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައި ތާވަލާ އެއްގޮތަށް އަމަލީގޮތުން ބައިވެރިވުން، ޓީމް ލީޑަރގެ ރޯލް އަދާކުރުމާއި އެކު އިންސިޑެންޓް ތަފްސީލް ލިޔުމުން ރިޕޯރޓް ކުރުމާއެކު، ބައިވެރިވާ މީހުންގެ ޞިއްޙީ ޙާލަތު ދެނެގަނެ ސްކްރީން ކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން، ލޭ ނެގޭ ގޮތާއި، ޓްރާންސްޕޯރޓް ކުރެވޭގޮތާއި އަދި ރައްކާ ކުރެވޭގޮތާއި، ފިނިހޫނުމިން މޮނީޓަރ ކުރުމާއި އަދި ކުރުވުމާއި، ލޭބަލްކުރެވޭ ގޮތާއި، ހިސާބު ބެލެހެށްޓޭ ގޮތް ހިމެނޭހެން ލޭގެ ޞިއްޙީ ރައްކާތެރިކަމާއި އެކަށީގެންވާ އެންމެ ރަނގަޅު މިންގަނޑުގައި ލެއާއި ބޭނުންކުރާ އާލާތްތަކުގެ ކޮލިޓީ ހިފެހެއްޓޭކަން ހުރިހައި ވަގުތު ތަކުގައިވެސް ކަށަވަރުކުރުމުގައި ޒިންމާވުން އަދި ޒިންމާކުރުވުން.
  13. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުމާއި، އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 

 މެޑިކަލް އޮފިސަރ، (ޕަބްލިކް ސަރވިސް ރޭންކު 8- ސްޓެޕް 1)

 މޯލްޑިވްސް މެޑިކްލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް   ހާސިލްކޮށްފައިވުން.

 އަދި،

 މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި  އިންޓަރންޝިޕް  ފުރިހަމަކޮށްފައިވުން.

 އަދި،

 މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 މެޑިކަލް އޮފިސަރ، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

 މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް  ހާސިލްކޮށްފައިވުން.

 އަދި،

 މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް  ފުރިހަމަކޮށްފައިވުން.

 

ތަޢުލީމީ ދާއިރާ:

ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޖެނެރަލް މެޑިކަލް ޑޮކްޓަރ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

  7. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.

 

މަޤާމު

ރޭންކް

ވެއިޓޭޖް

އަސާސީ ޝަރުތު ހަމަވުން

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

25

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 8

30

ތަޖުރިބާ

 

20

އިންޓަވިއު އާއި ޕްރެޒެންޓޭޝަން

 

50

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 01 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި       އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮކްޓޫބަރު މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

26 ސެޕްޓެންބަރު 2026
ހޯދާ