ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލުގެ ލޯންޗަށް ބޭނުންވާ 250HP ގެ އައުޓްބޯޑް 2 އިންޖީނު ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ 'ހެލްތު-1'ލޯންޗަށް ބޭނުންވާ، 250HP އައުޓްބޯޑް 2 އިންޖީނު ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، ތިރީގައި ދެންނެވިފައިވާގޮތަށް، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2026 ސެޕްޓެންބަރު 24 އިން ފެށިގެން، 2026 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 14:00 އަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6580029 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/UDK8jwUHQbh5hQpeA |
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2026 އޮކްޓޫބަރު 11 - އާދިއްތަ ގަޑި: މެންދުރުފަހު 13:00 ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް |
މި އިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މިބީލަމާއި ގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
13 ރަބީޢުލްއާޚިރު 1448
