ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމް ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް އެފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.
ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:
|
|||||||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ނޯޓް: މި މަޤާމަށް މީހުން ހޮވުމުގައި، ސްކޫލް ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|||||||||||||||||||||||||||||||||||||||||||||||||||||||||
އިންޓަވިއުކުރުން: - އިންޓަވިއު އޮންނާނީ، 2016 ފެބުރުވަރީ 25 އާއި 29 އާ ދެމެދުގައި، މި ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބަލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ޕްރެޒެންޓޭޝަން ހުށަހެޅުން: މި މަޤާމުގެ އިންޓަވިއުއެއްގެ ބައެއްގެގޮތުގައި ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މި ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ، 15 މިނެޓެވެ. ޕްރެޒެންޓޭޝަން ދިނުމަށް ހަމަޖެހިފައިވަނީ، އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެއްގެ އެހީގައެވެ. ޕްރެޒެންޓޭޝަނުގައި ހިމަނާނެ ބައިތަކާބެހޭ މަޢުލޫމާތު ކަރުދާސް، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. ޕްރެޒެންޓޭޝަން ހުށަހެޅުމަށް ތައްޔާރުވުމަށްޓަކައި މަސައްކަތު 3 ދުވަސް ދެވޭނެއެވެ. |
|||||||||||||||||||||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހުމަށްފަހު) ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
|||||||||||||||||||||||||||||||||||||||||||||||||||||||||
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 14:00 އެވެ. |
|||||||||||||||||||||||||||||||||||||||||||||||||||||||||
ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
|||||||||||||||||||||||||||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު: |
|||||||||||||||||||||||||||||||||||||||||||||||||||||||||
6 ޖުމާދަލްއޫލާ 1437 |