މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

            

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން އެދެމެވެ.  

 

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު، 07 ދުވަހުގެ ތެރޭގައި މުދާ ގެންދަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް އަދި މުދާ ނުގެންދަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ލިސްޓް މިއިޢުލާނާ އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ސެޕްޓެންބަރު 2026
ހޯދާ