ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސެކިއުރިޓީ އޮފިސަރ

       ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސެކިއުރިޓީ އޮފިސަރ

ރޭންކު:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓު

 އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް

ބޭނުންވާ ޢަދަދު:

 2

ތައުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން،  ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.
  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދުގެ މަތިން، ރައްޔިތުންގެ މަޖިލިސްކުރާގެ އާއި މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހިފަހަންޓަންޖެހޭ ހަމަތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.

އަސާސީ މުސާރަ:

މަހަކު 6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

  • ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4,400 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
  • ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
  • ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

05 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
  • ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.  

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާގޮތް:

  • މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތައް ކަމުގައި ބަލާނީ މަޤާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހެއްކަމަށް ވުމާއެކު، ފިރިހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް 4 އިންޗި ހަމަވާ ނުވަތަ އަންހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް ހަމަވާ ފަރާތްތަކެވެ.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި ކޮށްފައިވާ ޚިދުމަތް ކަމުގައި ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް، ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަދާކޮށްފައިވާ ޚިދުމަތަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިން ދޭ ޕްރެޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތައުލީމަށް 25%، ތަޖުރިބާ އަށް 15%، ތިޔަރީ ޓެސްޓަށް 20% ދިނުމުން އެންމެ ގިނަ މާކްސް ލިބޭ 20 ފަރާތެވެ. އިންޓަވިއުއަށް ކަނޑައެޅިފައިވަނީ %40 އެވެ.
24 ސެޕްޓެންބަރު 2026
ހޯދާ