ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އޮފީސް އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ސަޕޯޓް ސަރވިސް 2
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މުސާރަ: -/3470 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ފޭދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން
އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާއާއި ފައިސާގެ ޗެކްތައް ހަވާލުކުރުން.
- ސްކޫލުން އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، ބޭންކުން ނަގަންޖެހޭ ފައިސާ ނެގުން.
- ސްކޫލުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީ، މެސެޖެ، ނޯޓް، ބިލްފަދަތަކެތި އެ ފަރާތްތަކާ ހަވާލުކުރުން.
- ކުދިންގެ ބެލެނިވެރިންނަށް ސްކޫލުން ފޮނުވަންޖެހޭ ދެންނެވުންތަކާއި އެންގުންތަކާއި ނޯޓްތައް ބެލެނިވެރިންނާ ހަވާލުކުރުން.
- ސްކޫލުގެ އޮފީހާއި ލީޑިންގ ޓީޗަރުންގެ ރޫމް ސާފުކުރުން.
- ސްކޫލުގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ހިނގަމުންދާވަގުތު ބަލިވެގެން ގެއަށް ފޮނުވާލަންޖެހޭ ކުދިން، އެކުދިންގެ ގެޔަށް ގެންދިއުން.
- ސްކޫލުގެ ކަންކަމާ ބެހޭގޮތުން އިދާރީ މުވައްޒަފުން އަންގާ ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. މަގާމަށް މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މާރިޗު 6 ވަނަ ދުވަހު ފޭދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު، ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފޭދޫ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 1 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފޭދޫ ސްކޫލުގެ 6892546 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
9 ޖުމާދަލްއޫލާ 1437