މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ކޯޕަރޭޓިވްގެ ތިރީގައި މި ދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ރޭންކް

GS-3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ބޭނުންވާ އަދަދު

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް/ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް

ޝަރުޠު

1.  މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން އިނާޔަތްތައް

ގަވައިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

- ކޯޕަރޭޓިވްގެ ސްޓޮކުން މަދުވާ ތަކެތި ހޯދައި އެ ތަކެތި ސްޓޮކަށް ވެއްދުމާއި މޮނިޓަރކޮށް ބެލެހެއްޓުން.

- ކޯޕަރޭޓިވްގެ އަހަރީ ރިޕޯޓު ތައްޔާރު ކުރުން.

- -/25000 ރުފިޔާއިން މަތީ އަގުތަކަށް ހޯދަންޖެހޭ ތަކެތި/ ޚިދުމަތް ހޯދުމުގެ މަސައްކަތްތައް ކުރުމުގެ މަސައްކަތްތައް ކުރުން.

- މަޢުލޫމާތު އެއްކުރުމާއި، އިޢުލާން ކުރުމާއި މަޢުލޫމާތު ދިނުމާއި ބިޑުތައް ބަލައިގަތުން.

- އިވެލުއޭޓްކުރުވޭ ބިޑުތައް ޗެކުކުރުމާއި، އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، ކޮމިޓީއަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމުގެ އިންތިޒާމުތައް ކުރުމާއި، ކޮމިޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގައި އެހީތެރިވުން.

- އެއްބަސްވުން ތައްޔާރުކުރުމުގައި އެހީތެރިވުމާއި ޗެކުކުރުން.

- އެއްބަސްވުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މައްސަލަތަކަށް ފިޔަވަޅުއަޅައި ބެލެހެއްޓުން.

- ކޮންމެ މަހެއްގެ 12 ވަނަ ދުވަހުގެ ކުރިން އަންނަ މަހުގެ ކޭޝް ފްލޯއަށް، ސެކްޝަނުން ދޭންޖެހޭ މަޢުލޫމާތު ފައިނޭންސް ސެކްޝަނަށް  ފޯރުކޮށްދިނުން.

- ޕްރޮޖެކްޓް މެނޭޖަރަށާއި، ޕްރޮޖެކްޓް ސެކްޝަނަށް ދޭންޖެހޭ އެންމެހައި އެއްބާރުލުން ދިނުމާއި ޕްރޮޖެކްޓްތަކާ ގުޅިގެން ލިބޭ ބިލުތަކުގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- ތައުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ

- ދިވެހިބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ސިޓީ ލިޔަން އެނގުން.

- ގިނަ ވަގުތު ހީވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވުން.

- މާރކެޓިންގ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

އިންޓަރވިއު ކުރުން

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ ގިނަ ނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުހާއެއްގައި ނަންބަރު ޖެއްސެވުން އެދެމެވެ.

ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 15:00ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަށް އެޑްރެސްކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ނޯޓު: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

07 ޖުމާދަލްއޫލާ 1437 

18 ފެބުރުވަރީ 2016
ހޯދާ