ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު: IUL)213-AD/1/2016/07 އިޢުލާނުގެ މަޤާމުގެ ރޭންކަށް މިހާރު ބަދަލުގެނެވިފައިވާތީ، އެ އިޢުލާން ކެންސަލުކޮށް އަލުން އެ މަގާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމު: އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: ޖީ.އެސް 4
ކްލެސިފިކޭޝަން : އޮފިސަރ ގރ. 2
މުސާރަ : -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ
ގިންތި: ދާއިމީ
މަސައްކަތު ގަޑި: ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- އިންޑަސްޓްރީތަކާއި/ ތަފާތު މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށް ބެލެހެއްޓުމާއި އިންޑަސްޓްރީތަކުން ކޯސްތަކުގެ ބައިވެރިވާ ދަރިވަރުންނާ ގުޅޭ ހުރިހާ މަސައްކަތެއްކޮށް އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
2- ސިޓީ، މެމޯ ފަދަ ތަކެތި ޓައިޕްކޮށް ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުމާއި، ކުރު/ މޯބައިލް ކޯސްތަކުގެ ސެޓްފިކެޓް ތައްޔާރުކުރުން.
3- އެންރޯލްމަންޓް ފޯމުތައް ޗެކުކުރުމާއި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ހާޒިރުވުމަށް އެންގުން.
4- ދަރިވަރުންގެ އެޓެންޑެންސް މޮނިޓަރިންގ ޝީޓް ތައްޔާރުކޮށް ކަމާބޭފުޅުންނާ ހަވާލުކޮށް ބަލައިގަތުމާއި އެޓެންޑެންސް ހެދުން. ހާޒިރީ ދަށް ދަރިވަރުންގެ ރިޕޯޓު ހަމަޖެހިފައިވާ އުސޫލުން އެފަރާތްތަކަށް ޙަވާލުކުރުން.
5- އިޢުލާންކުރާ ކޯސްތަކަށް ފޯމު ދޫކޮށް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުން.
6- އަލަށް ފަށާ ކޯސްތަކަށް ފޯމު ލާ ދަރިވަރުން ޖަވާބު ދޫކުރުމާއި، ބައިވެރިންނާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓްފަދަ ތަކެތި ފޮނުވައި އެ ތަކެތި ރައްދުވިތޯ ބެލުން
7- ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ހިންގާ ކޯސްތައް އަހަރީ ތާވަލާ އެއްގޮތަށް ފެށުމަށްޓަކައި އިޢުލާން ކުރަންޖެހޭ ކޯސްތަކަށް އިޢުލާން ކުރުމާއި، އެކިއެކި އިންޑަސްޓްރީތަކާ ގުޅިގެން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
8- ކޯސް ފެށުމަށްޓަކައި ކްލާސްރޫމް ތައްޔާރުކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއްކޮށް ބެލެހެއްޓުން.
9- ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި އިދާރީ ޚިދުމަތް ދިނުން.
10- އަތޮޅުތެރޭ ހިންގާ އިންޑަސްޓްރިއަލް ކޯސްތަކުގެ ކުދިންނާ ގުޅުން ހުރި ކަންތައްތައް ބެލެހެއްޓުން.
11. ސެކްޝަން/ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
ޝަރުޠު:
ތަޢުލީމީ ފެންވަރު:
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ ބިޒްނަސް/ އެކައުންޓިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.
ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 02 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 01 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.