މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ރިޔާސީ ފްލީޓް / ސީނިއަރ ލޯންޗް ޑްރައިވަރު (ގްރޭޑް 2)

އެމް.އެން.ޑީ.އެފް/ޕީޖީގައި ކޮންޓްރެކްޓް އުސޫލުން މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު

ސީނިއަރ ލޯންޗް ޑްރައިވަރު (ގްރޭޑް 2)

ބޭނުންވާ ޢަދަދު

2 (ދޭއް)

މުސާރަ

މަހަކު 12,565.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 6,745.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،

އިތުރު ޢިނާޔަތްތައް

މި މަގާމަކީ ވަޒީފާއާބެހޭ ގާނޫނު (ނަންބަރު 2008/2)ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި  ބަންދުދުވަސްތަކުގެ ފައިސާ ނުލިބޭނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ދަށުން ކަނޑުއުޅަނދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަނޑައަޅާފައިވާ ޚާއްޞަ ޢިނާޔަތްތަކާއި، ރިޔާސީ ފްލީޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަނޑައަޅާ ޚާއްޞި ޢިނާޔަތް ހަމަޖެހިފައިވާ އުސޫލުން ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ނިޔަމިކަމުގެ ސަނަދު 1 ނުވަތަ 2 ގެ ސެޓްފިކެޓް ލިބިފައިވުން.
  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބީ ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.
  • މީގެ އިތުރުން މަގާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ކަނޑު އުޅަނދު ދުއްވުމުގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026  ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

12 ރަބީޢުލްއާޚިރު 1448

23 ސެޕްޓެންބަރު 2026
ހޯދާ