މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އިޖުތިމާއީ މަރުކަޒު "ބީ" ގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އިޖުތިމާއީ މަރުކަޒު "ބީ" ގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

 

މިކައުންސިލުން ދޭ މަޢުލޫމާތާއެއްގޮތަށް އިޖުތިމާއީ މަރުކަޒު "ބީ" ގައި ކުރަންހުރި ތިރީގައިވާ  މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް"  މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 100.00ރ (ސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ން 30 ސެޕްޓެމްބަރ 2026 ވާ ބުދަދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/vq4PbamV1f

 

ނަން-ރިފަންޑެބަލް ފީ ދެއްކުން:

ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަށް، ނަން-ރިފަންޑެބަލް ފީ ގެ ގޮތުގައި ދައްކަން ޖެހޭ 100.00ރ (ސަތޭކަ ރުފިޔާ)، 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ. އަދި ފައިސާ ޖަމާކުރާއިރު ރިމާކްސްގައި ތަފުސީލު ޖެއްސެވުމަށްފަހު ސްލިޕް ފޮނުވާނީ މިކައުންސިލްގެ ވައިބަރ  ނަންބަރު: 9874096 ށް ނުވަތަ މިކައުންސިލުގެ މެއިލް: [email protected] އަށެވެ.

 

އެކައުންޓް ނަންބަރު: 7724700303001

އެކައުންޓް ނަން: 1311 REVENUE 01

 

 

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަންބަރާއެވެ.

 

 

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 05 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި، ނޫމަރާ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2026
ހޯދާ