އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ (ވަގުތީ)

އިޢުލާން

މަޤާމު:

ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-443738

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 27 ފެބްރުއަރީ 2027ގެ ނިޔަލަށް)

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 7

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އަނގޮޅިތީމު ސްކޫލް /  ރ.އަނގޮޅިތީމު

މުސާރައާއި އެލަވަންސް:

މުސާރައާއި އެލަވަންސްތައް (މަހަކު)

ދުވާލަކަށް ދެވޭ އުޖޫރައިގެ މިންވަރު

14,440

656.36

 

އެހެނިހެން އެލަވަންސް:

 ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ރަސްމީ ބަޖެޓާއި ، އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ލިޔެބެލެހެއްޓުން.

2-     ކަނޑައެޅިފައިވާ ތާރީޚަށް މުސާރަ ޝީޓް ތައްޔާރުކުރުކޮށް މިނިސްޓްރީއަށް ފޮނުވުމާއި މުސާރަ ސްލިޕް މުވައްޒަފުންނަށް ފޮނުވުން.

3-     ސްކޫލުގެ އެންމެހާ އިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓެވުމާއި ކުރަންހުރި މަރާމާތުތައް ބަލާ، މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި އެކަންކަން ކުރުވުން.

4-     ޢިއުލާން އަދި އެސްޓިމޭޓް ތައްޔާރުކުރުކޮށް ގެޒެޓް ކުރަންޖެހޭ ޢިޢުލާންތައް ގެޒެޓް ކުރުން.އަދި ސްކޫލުން ބަލައިގަންނަ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއަށް ފޮނުވުމަށްޓަކައި ޑޮކިއުމެންޓްތައް ފުރިހަމަކޮށް ތައްޔާރުކުރުން. އަދި ބިޑް ކޮމިޓީން ނިންމާ ނިންމުންތައް އެޑްމިނިސްޓްރޭޓަރއާއި ޙަވާލުކުރުމަށްފަހު ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކުރުން.

5-     ބަޖެޓް ސެކްޝަންގެ ފަރާތުން ޓައިޕްކުރަންޖެހޭ ސިޓީ، ނޯޓްފަދަ ތަކެތި ޓައިޕް ކުރުމާއި ވެރިން އަންގާ ގޮތެއްގެ މަތިން އެތަކެތި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

6-     ތިޖޫރީ ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓްތައް އަދާހަމަ ކުރުން. އަދި ކަނޑައެޅިފައިވާ ތާރީހްތަކަށް ބަޖެޓާއިގުޅުންހުރި އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

7-     ނީލަންކިޔަންޖެހޭ ތަކެތި ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ނީލަން ކިޔުމުގެ ހުއްދަ ހޯދާ ނީލަން ކިޔުން އަދި ގުޅުން ހުރި ލިޔެކިޔުންތައް ބެލެހެއްޓުން.

8-     ސްޓޮކަށް ބޭނުންވާ ތަކެތި ގަތުމަށް ކޯޓޭޝަން ހޯދުން އަދި "ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯރމް" ފުރިހަމަކުރުން. އަދި ކޮންމެ އަހަރަކަށް ހޯދަން ޖެހޭ ލިޔެކިޔުމުގެ ތަކެއްޗާއި އެހެނިހެން ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

9-     ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން.

10-ސްކޫލަށް ލިބޭ ބިލްތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް މާލިއްޔަތު ޤަވައިދާއިއެއްގޮތައް ފައިސާދައްކަންޖެހޭ ފަރާތްތަކަށް ފައިސާދެއްކުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުން.

ކެރިއަރ ފީލްޑް (ގުޅޭވަޒީފާގެ ދާއިރާތައް): 

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

އެކައުންޓިންގ  / އެކައުންޓިންގ އެންޑް ފައިނޭންސް  /އެޑްމިނިސްޓްރޭޝަން  /އޮޑިޓިންގ  /ބިޒްނަސް  /ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ  /ބިޒްނަސް މެނޭޖްމަންޓް  /ކޮމާރސް  /ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  /ކޮމްޕިއުޓަރ ސައިންސް  /ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  /ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ /އެޑިއުކޭޝަން މެނޭޖްމަންޓް  /އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  /ފައިނޭންސް  /ފައިނޭންޝަލް މެނޭޖްމަންޓް  /ފައިނޭންޝަލް ޕްލޭނިންގ  /ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  /ހިއުމަން ރިސޯސް  /ހިޔުމަން ރިސޯސް މެނޭޖްމަންޓް  /އިންފޮމޭޝަން ޓެކްނޮލޮޖީ  /އިންޓަރނަލް އޮޑިޓިންގ  /އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  /އިސްލާމިކް ފައިނޭންސް  /ލޮޖިސްޓިކްސް މެނޭޖްމަންޓް  /މެނޭޖްމަންޓް  /ނެޓްވަރކިންގ  /އޮޕަރޭޝަންސް މެނޭޖްމަންޓް  /ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  /ޕްރޮކިއުމަންޓް މެނޭޖްމަންޓް  /ޕްރޮގްރާމިންގ  /ޕަބްލިކް އެޑްމިނިސްޓްރޭޝަން  /ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  /ޕަބްލިކް ފައިނޭންސް  /ޕަބްލިކް މެނޭޖްމަންޓް  /ޕާޗޭސިންގް  /ސްކޫލް އެޑްމިނިސްޓްރޭޝަން  /ސްކޫލް މެނޭޖްމަންޓް  /ސޮފްޓްވެއަރ އިންޖިނިއަރިންގ  /ސަޕްލައި ޗެއިން މެނޭޖްމަންޓް  /ސިސްޓަމް އެޑްމިނިސްޓްރޭޝަން  /ވެބް ޑިވެލޮޕްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ން ފެށިގެން މަތިން ޕޮއިންޓު ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، އަނގޮޅިތީމު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 4 އޮކްޓޯބަރ 2026 އާއި 15 އޮކްޓޯބަރ 2026 އާ ދެމެދު، އަނގޮޅިތީމު ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580357 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 ސެޕްޓެންބަރު 2026
ހޯދާ