އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެންމެހާ އިމާރާތްތަކާއި، އަދި އިމާރާތްތައް ހިމެނޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެންމެހާ އިމާރާތްތަކާއި، އަދި އިމާރާތްތައް ހިމެނޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

01 އަހަރު ދުވަހުގެ މުއްދަތަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި، އަދި އިމާރާތްތައް ހިމެނޭ މަގުތައް ކުނިކަހާ، ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއިއެކު، ބީލަން ހުށައެޅުއްވުންއެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: 2026 ސެޕްޓެންބަރު 23 ން، 01 އޮކްޓޯބަރުވާ ބުރާސްފަތި ދުވަހުގެ 14:00 ށް.

ގޫގަލް ފޯމު ލިންކް: https://forms.gle/ajmwmNGY2VKCrJsV8

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް: [email protected]         ފޯން ނަންބަރު: 6583007

ޕްރީބިޑް މީޓިންގް

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް

ތާރީޚް: 2026 އޮކްޓޯބަރު 04 - އާދިއްތަ

ގަޑި: މެންދުރުފަހު 13:00

އަންދާސީ ހިސާބު ހުށައެޅުއްވުން

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް

ތާރީޚް: 2026 އޮކްޓޯބަރު 08 - ބުރާސްފަތި

ގަޑި: ހެނދުނު 11:00

 މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، އަދި ބޭނުންވާނެ އެހެން ލިޔުންތައް ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. މިބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީގަޑީގައި މިހޮސްޕިޓަލުގެ ނަންބަރު 6583007 ފޯނަށް ގުޅުއްވުންއެދެމެވެ.

12 ރަބީޢުލްއާޚިރު 1448

 

23 ސެޕްޓެންބަރު 2026
ހޯދާ