ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަގާމު |
ޑައިޓީޝަން |
||
ބޭނުންވާ ޢަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް: MS2 |
މުސާރަ |
މަހަކު -/6295 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
||
ރިސްކް އެލަވަންސް: |
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||
ޑިޕާޓްމަންޓް / ސެކްޝަން |
މެޑިކަލް އެޑްމިނިސްޓްރޭޝަން /އިންޓަރނަލް މެޑިސިންގ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނާއި އެކިއެކި އޮޕަރޭޝަންތައް ކުރެވިފައިވާ ބަލިމީހުންގެ ޑައެޓް ކަނޑައަޅައި އަދި ޑައެޓް ބަހައްޓަންވީ ގޮތްތައް ބަލިމީހުންނަށް ބުނެދިނުން. |
||
ތަޢުލީމާއި ތަޖުރިބާ: |
|
||
މި މަގާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.) |
||
ހުށަހަޅަންޖެހޭ ލިޔުންތައްް
|
1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ސެޓްފިކެޓުގެ ކޮޕީ 4. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެވެ. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 7. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ. ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. |
||
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ސުންގަޑި |
2016 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަދި 2016 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. |
||
ފޯމު ބަލައިގަތުމާއި ދޫކުރުން |
ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި |