ދިވެހިރާއްޖެ
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އ.ތ.މ ކޮމެޓީގެ ގުދަނުގެ (ފުޓްބޯޅަ ދަނޑުގެ އިރުން ކުރީގެ އ.ތ.މ ކޮމެތީގެ ދަނޑު) މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މައުލޫމާތު ސެޝަން: |
24 ސެޕްޓެމްބަރ 2026 10:00 އ.ތ.މ ކޮމެޓީގެ ގުދަނުގައި |
|
ބިޑް ރަޖިސްޓްރީ ކުރުން: |
01 އޮކްޓޫބަރ 2026 10:00 ކުރިން |
|
ބިޑް ރަޖިސްޓްރީ ލިންކު: |
|
|
އަންދާސީ ހިސާބު ހުށަހެޅުން: |
01 އޮކްޓޫބަރު 2026 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 2026 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް([email protected]) އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
11 ރަބީޢުލްއާޚިރު 1448
