އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ.އޮމަދޫ ޞިއްޙީ މަރުކަޒު ލެބޯޓްރީއެއް ގާއިމްކުރުމަށް ބޭނުންވާ ކޮޓަރީގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާންކުރުން

މިމަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމަށް ބޭނުންވާ ކޮޓަރީގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި  ނަމްބަރު  (IUL) 811/2026/10 ޢިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމަށް އަލުން ފުރުސަތުހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 06 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި (އދ.އޮމަދޫ ޞިއްޙީމަރުކަޒު) ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މަރުކަޒުގެ އޮފީސް (އދ.އޮމަދޫ ގުޑްނައިޓް ގެ) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 ސެޕްޓެންބަރު 2026
ހޯދާ