މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރު

 

އިޢުލާން 

މަޤާމު:

ޑްރައިވަރ

މަޤާމުގެ ނަންބަރު:

J-462549

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކ 3- ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 9220.00 (ނުވަހާސް ދުއިސައްތަ ވިހި) ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2765.00(ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ޙާޒިރީ ޢިނާޔަތް

ޙާޒިރުވާ ދުވަހަކަށް 75.00 (ހަތްދިހަ ފަހެއް) ރުފިޔާ

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ފައިސާ

- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. އިދާރާގެ ރަސްމީ މަސައްކަތުގައި ކުރަންޖެހޭ ދަތުރުތަކުގައި އިދާރާގެ ވެހިކަލް ދުއްވުން
  4. އިދާރާގެ މުވައްޒަފުންނާއި އިދާރާއިން ޚިދުމަތްދޭ ފަރާތްތަކުން ރަސްމީ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ސްޕަރވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރިން
  5. އުޅަނދުގެ އަހަރީ ރަޖިސްޓްރޭޝަނާއި ރޯޑް ވަރދިނަސް އާއި އިންޝުއަރަންސް ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން
  6. އުޅަނދު ރަނގަޅު ފެންވަރުގައި ދެމެހެއްޓުމުގެ ގޮތުން އުޅަނދަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމުގެ ކަންތައްތައް ކުރުން
  7. އުޅަނދުގައި ކުރާ ދަތުރުތަކުގެ ރެކޯޑްތަކާއި އުޅަނދަށް ހިނގާ ޚަރަދުތައް ލިޔެ ބެލެހެއްޓުން
  8. ޑްރައިވަރުގެ ހައިސިއްޔަތުން އުޅަނދުގެ ތެޔޮ އަދި އަޑީ ތެޔޮ، ގަވާއިދުން އަޅައި ބެލެހެއްޓުން
  9. ގަވާއިދުން ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ޕިކަޕް އަދި ބަގީ ބާއްވާ ގަރާޖްފަދަ ތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުން
  10. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން އުޅަނދުގައި އެއްވެސް ޓެކްނިކަލް މައްސަލަތެއް ހުރިތޯ ބަލައި، ހަމަޖެހިފައިވާ އުޞޫލުން އެފަދަ މައްސަލަތައް ޙައްލު ކުރުން
  11. ކައުންސިލުގެ ހަރަކާތްތަކާއި، ޕްރޮޖެކްޓްތަކަށް ގެނެވޭ ތަކެތި އުފުލުމާއި ގުދަން ކުރުމަށް ޕިކަޕްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ތަކެތި އުފުލުމުގައި އެހީތެރިވުން
  12. ކައުންސިލުން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން
  13. ކައުންސިލުން ފީ ނަގައިގެން ޢާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ގޮތުގައި ކުރަންޖެހޭ ކުލީ ދަތުރުތައް ކުރުމާއި ދަތުރު ތަކުގެ ރެކޯޑް ބެލެހެއްޓުން
  14. ކުނި މެނޭޖްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ގެތަކުން ކުނި ނަގައިގެން ކުނި ކޮއްޓަށް ކުނި ގެންދިއުމަށް ބޭނުންކުރާ ކައުންސިލުގެ ޕިކަޕް ޑްރައިވަރުގެ މަސްޢޫލިއްޔަތު އަދާކުރުން
  15. ރަށުގެ އާންމު ތަންތަނާއި މިސްކިތްތަކާއި ބަނދަރު، ޕާރކާއި، ބީޗް އަދި އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތަކުން ނެގޭ ކުނިތައް ކުނިކޮއްޓަށް ގެންގޮސް ރައްކާތެރިގޮތުގައި ނައްތާލުން
  16. ކައުންސިލުން ޢަމަލު ކުރަމުންދާ "ކައުންސިލުގެ ވެހިކަލް ބޭނުން ކުރުމުގެ އުޞޫލާއި އެއްގޮތަށް ޕިކަޕް ދަތުރުތައްކޮށް ލިބޭ ނަގުދު ފައިސާ ކައުންސިލްގެ ކަމާއިބެހޭ މުވައްޒަފަށް ދުވަހުން ދުވަހަށް ޙަވާލުކުރުން
  17. ކައުންސިލުގެ ޕިކަޕާއި، ބަގީ ދޮވެ ސާފުކޮށް ޗާޖްކޮށް މަރާމާތުކޮށް ބަލަހައްޓައި ޝެޑިއުލާ އެއްގޮތަށް ސާރވިސްކޮށް ހެދުން
  18. ކުނިކޮށްޓަށް ކުނި ޖަމާކޮށް ކުނި ބައިތަކަށް ވަކިކުރުވާއި، ނައްތާލެވޭ ބާވަތުގެ ތަކެތި ހަމަޖެހިފައިވާ އުސޫލުން ނައްތާލުމުގެ މަސައްކަތް ކުރުވުމާއި، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް ބެލެހެއްޓުމާއި، ކުނި ނެގުމަށް ޕިކަޕްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޓީމުގެ އިސްމީހެއްގެ ގޮތުގައި ޓީމު ގޮވައިގެން ހަރަކާތްތެރިވުން
  19. ކައުންސިލުގެ ކުނި މެނޭޖް ކުރުމުގެ ޕްރޮގްރާމުގެ މަސައްކަތްތަކުގެ އިތުރަށް ކައުންސިލުން ކަނޑައަޅާ އަންގާ މަސައްކަތްތައް ކުރުން
  20. ރަށުކައުންސިލްގެ އެއްގަމު އުޅަނދުފަހަރުން ދަތުރު ކުރާއިރުގައާއި ދަތުރު ނުކޮށް ހުންނައިރު، އެ އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އެ އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުން
  21. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނިގެންދަން ޕިކަޕުގައި ކުނި ނަގާއިރު އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގޮސް ކުނި ހުސްކުރާއިރު މަސައްކަތު މީހުންނަށް އެހީތެރިވެދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެހެން މަސައްކަތްތަކުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން
  22. ޕިކަޕް/ބަގީ ގެ މަރާމާތައް ބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަނާ ގުޅައިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން. އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަން ވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މައުލޫމާތުދިނުން
  23. އިދާރާއިން ބަލަހައްޓާ ޢިމާރާތްތަކާއި ތަންތަނުން ޕިކަޕް ނުވަތަ ބަގީގައި ޕިކަޕް ޑުރައިވަރުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ދަތުރުތައް ސްޕަރވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުމާއި އެކަންކަމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން
  24. ހާއްސަ ހާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުމާއި މަސައްކަތާއި ގުޅިގެން އެހެން ސެކްޝަންތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުން
  25. ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުން
  26. ވަޒީފާގެ މަސަޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުމާއި، ޑިއުޓީ އުސޫލުން ޙާޟިރުވާ ޖެހޭ ޑުރައިވަރު ޗުއްޓިގައި ހުރުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރުނުވެވޭގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން
  27. ކައުންސިލުގެ އިދާރާއިން އިސްނަގައިގެން ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން
  28. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ޙާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަރވައިޒަރގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. އެއްގަމު އުޅަނދު ދުއްވުމުގެ B1 / B2 / /C1 / C2 / C3  ކެޓަގަރީގެ ލައިސަންސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިންތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މިގޮތުން މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދެފައިވާ ފަރާތަށް ތިރީގައިވާ ތާވަލުގައި ހިމެނޭ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 ން ފެށިގެމް މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

1

އަސާސީ ޝަރުޠު ހަމަވުން

50

2

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

3

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

4

އިންޓަރވިއު

40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކުކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 04 އޮކްޓޯބަރު 2026 އާއި 18 އޮކްޓޯބަރު 2026 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6584030 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ރަބީޢުލްއާޚިރާ 1448

22 ސެޕްޓެންބަރު 2026
ހޯދާ