މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

J-464976

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 8 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަން /އެޑްމިނިސްޓްރޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖުހިޔާ، ހުޅުމާލެ

މުސާރަ

-/11,620 ރުފިޔާ

މަޤާމުގެ އެލަވަންސް

-/5,420 ރުފިޔާ

ހާޒިރީ ޢިނާޔަތް

-/145 ހާޒިރުވާ ދުވަހަކަށް

އިތުރު ޢިނާޔަތް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ  ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިދާރާއިން ފޮނުވާ އަދި އިދާރާއަށް ލިބޭ ލިޔެކިޔުންތަކާ ގުޅޭގޮތުން، ޑްރާފްޓްކުރުމާއި، އެންޓްރީ ކުރުމާއި، ހުއްދަ ހޯދުމާއި، ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމާއި، އަދާހަމަ ހޯދުމާއި، ރައްކާތެރިކޮށް އަދި ނިޒާމީގޮތެއްގައި ލިޔެކިޔުމާ ގުޅޭ ކަންކަން ފުރިހަމަކުރުން. އެގޮތުން، ކަމާގުޅޭ އީމެއިލްތައް، އީ-ގަވަރމަންޓް ސިސްޓަމްސް، ޕޯރޓަލްތަކާއި، ރިސެޕްޝަން ކައުންޓަރ، އެނޫންވެސް ގޮތްގޮތުން އަންނަ ލިޔެކިޔުންތަކާ ގުޅޭގޮތުން ކޮންމެ ދުވަހަކު ފުރިހަމަ ކުރުން.
  2. މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ހާލަތުގައި، ކޮމިޓީ ތަކުގެ މެމްބަރުކަމާއި، ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައްދަލުވުންތަކުގެ ހާޒިރީ ނަގައި އަދި ޔައުމިއްޔާތައް ނިންމުމާއި، އިންފޮރމޭޝަން އޮފިސަރގެ ދައުރު އަދާކުރުމާއި، ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކުރަން ހަވާލުކުރެވޭ މަސައްކަތްތައް ގަވައިދުން ނިންމުން.
  3. އިދާރާއިން ޚިދުމަތް ހޯއްދަވާ ފަރާތްތަކާ ބައްދަލުކުރުމާއި، އެފަރާތްތަކުގެ  ކަންބޮޑުވުންތަކާއި، ކުރައްވާ ސުވާލުތަކަށް ޖަވާބު ހޯދުމަށާއި އަދި ޞައްޙަ ޖަވާބު ދިނުމަށްޓަކައި މަޝްވަރާގެ މަތީން މަޢުލޫމާތު ހޯދުމާއެކު ހުއްދަ ހޯދައިގެން ޖަވާބު ދިނުމުގެ މަސައްކަތް އެކިއެކި މަންސަތަކާއި ލިޔެކިޔުން ބޭންކޮށްގެން ފުރިހަމަކުރުން.
  4. އިދާރާގެ ދުވަހު ޔައުމިއްޔާ، އަހަރީ ރިޕޯރޓް، މަހު ރިޕޯރޓް، އަންދާޒާ ބަޖެޓް، ސާރވިސް ޗާރޓަރާ ގުޅޭގޮތުން މައުލޫމާތު އެއްކޮށް، އެ ލިޔެކިޔުން ވަގުތުގެ ކުރީން މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް، ތައްޔާރުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުން.
  5. ބްލަޑް ކޭމްޕްތަކާއި، ފާހަގަ ކުރާ ދުވަސްތަކާއި، އެނޫންވެސް ހަރަކާތްތައް ބައިވެރިވުމާއި، ވިލަރެސްކުރުމާއި، އިންތިޒާމުކުރުމުގައި އަދި އިދާރީގޮތުން ފުރިހަމަކުރަން ހަވާލުކުރާ މަސައްކަތްތައް ކުރީބައިގައި ނިންމުމުގެ މަސައްކަތް ފުރިހަމަކުރުން.
  6. ބެލެހެށްޓުމަށް ހަވާލުކުރެވޭ މުވައްޒަފުންގެ ޑިއުޓީ ތާވަލު ޑްރާފްޓް ކުރުމާއި، ޗުއްޓީ ތާވަލު ޑްރާފްޓް ކުރުމާއި، މަސައްކަތް ސުޕަވައިޒުކުރުމާއި، މަސައްކަތު ފެންވަރު ބެލުމާއި، އިސްލާޙީ ފިޔަވަޅު އެޅުމާއި އަދި އެ ނޫންވެސް މަސައްކަތްތައް ފުރިހަމަކުރުން. އަދި އެފަރާތްތައް މަސައްކަތް ކުރާ ގޮތް ބެލުމަށް ދަންފަޅިތަކުގައި އިދާރާއަށް ޒިޔާރަތް ކޮށްގެން ބެލުން.
  7. ޕަބްލިކް ރިލޭޝަންސް ނުވަތަ ކަސްޓަމަރ ސާރވިސަސް ދާއިރާއާ ގުޅޭ މަސައްކަތްތައް ކޮންމެ ދުވަހަކު ހިންގައި ބެލެހެށްޓުން. އަދި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސުޕަވައިޒަރުންގެ ހުއްދައާއެކު އެކަންކަން ނިންމުން.
  8. ކްލިނިކަލް އެއިޑުންގެ ދާއިރާއާ ގުޅޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ހިންގައި ބެލެހެށްޓުން އަދި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސުޕަވައިޒަރުންގެ ހުއްދައާއެކު އެކަންކަން ނިންމުން.
  9. އިދާރާގެ ޕްރޮކިއުމަންޓާއި އަދި ސްޓޮކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން. މަސައްކަތް އަވަސްކުރުމާއި، އެކަށީގެންވާ ފެންވަރުގައި ހުރި ތަކެތި ބޭނުންވާނެ މިންވަރަށް ހޯދުމަށްޓަކައި މި މަސައްކަތް ނިންމައި އަދި ލިޔެކިޔުމުން އަދާހަމަ ހޯދުމުގައި ކަމާގުޅޭ އިސް މުވައްޒަފުންނާއި އަދި އެނޫންވެސް ފަރާތްތަކާއެކު ގަވައިދުން ވިލަރެސް ކޮށްގެން މަސައްކަތް ނިންމުން، ކުރުވުން އަދި ނިންމާކަން ކަށަވަރުކުރުން.
  10. އިދާރާއިން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ބޭނުން ކުރައްވާ ބޭހާއި، އެފަދަ އެހެނިހެން ތަކެތި، އަދި ޞިއްޙީ އާލާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެންހުރި ސްޓޮކް ދެނެގަތުމާއި، ހަމަތޯ ބެލުމާއި، އަދި ތެލަސީމިއާ އެލަވަންސާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ވިލަރެސްކޮށް އެކަންކަން ހަމަޖެއްސުމުގެ މަސައްކަތް ޕްލޭނެއްގެ ދަށުން ނިޒާމީގޮތެއްގައި ފުރިހަމަ ކުރުން.
  11. ޑިރެކްޓަރ ޖެނެރަލްގެ ސެކެޓްރިއޭޓް އަދި ލިޔެކިޔުން ބެލެހެށްޓުމުގެ މަސައްކަތް ހަވާލުކުރުމުން އެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކޮށް ފުރިހަމަކުރުން.
  12. އިދާރީ ޑިވިޜަން ނުވަތަ އެނޫންވެސް ސެކްޝަނެއްގެ ސުޕަވައިޒަރު ނެތް ހާލަތްތަކުގައި އެ މަސައްކަތްތައް ބެލެހެށްޓުމަށް ހަވާލުކުރުމުން އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އިދާރާއިން ކަނޑައަޅައި ހަވާލުކުރާ މަސައްކަތްތައް ހަވާލުކުރައްވާ މިންވަރަށް އަދި ފެންވަރަށް ފުރިހަމަކުރުން.
  13. އެކުލަވާލާފައިވާ މިންގަނޑުތަކާއި، އުސޫލުތަކާއި، ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިދާރީ އިންތިޒާމުގެ ތެރެއިން ކުރައްވަން ވާނެ ކަންކަންމާއި އަދި އެނޫންވެސް އުސޫލީ ނިންމުންތަކަށް އަމަލުކުރާކަން މޮނީޓަރކޮށް ތަންފީޒުކުރުވުމާއި، އަދި އެކަންކަމަށް އަހުލުވެރިކުރުމަށް ސެޝަންތަކާއި ޕްރޮގްރާމްތައް އެކަމެއްގެ ވަގުތުގައި އަދި ގަވައިދުން މުތާލިއާ ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. އަދި އުސޫލުތައް ޑްރާފްޓް ކުރުމުގައި އަދި މުރާޖައާ ކުރުމުގައި ވެސް އެހީތެރިވުން.
  14. އޮފީހުން ހަވާލުކުރައްވާ އެނޫންވެސް މަސައްކަތްތަކުގައި އިސްނަގައިގެން ވަގުތައް ފުރިހަމަ ކުރުން އަދި ކުރުވުން.

 

މަޤާމުގެ ޝަރުތުތައް

 

 

 

 

 

 

 

 ތަޢުލީމީ ރޮނގުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 ނުވަތަ؛

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް މެނޭޖްމަންޓް  
  8. ކޮމާރސް  
  9. ފައިނޭންސް  
  10. ފައިނޭންޝަލް މެނޭޖްމަންޓް  
  11. ފައިނޭންޝަލް ޕްލޭނިންގ  
  12. ހެލްތް އެޑްމިނިސްޓްރޭޝަން  
  13. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  14. ހެލްތް ކެއަރ މެނޭޖްމަންޓް  
  15. ހެލްތު މެނޭޖުމަންޓް  
  16. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  17. ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  18. ހޮސްޕިޓަލް އެޑްމިިނިސްޓްރޭޝަން  
  19. ހޮސްޕިޓަލް މެނޭޖްމަންޓް  
  20. ހިއުމަން ރިސޯސް  
  21. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  22. އިންޓަރނަލް އޮޑިޓިންގ  
  23. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  24. އިސްލާމިކް ފައިނޭންސް  
  25. ލެބޯޓަރީ ސައިންސް  
  26. މެނޭޖްމަންޓް  
  27. މެޑިކަލް ސައިންސް  
  28. ނާސިންގ  
  29. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  31. ޕަބްލިކް ފައިނޭންސް  
  32. ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން  
  33. ޕަބްލިކް މެނޭޖްމަންޓް 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް                                            

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް                                                

ގުޅޭ ވަޒީފާގެ ދާއިރާ

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:           

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސްޕިލްނާއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 29 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2026 އޮކްޓޯބަރު މަހުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3342011 ނުވަތަ 3342305  ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

                              

                                    

21 ސެޕްޓެންބަރު 2026
ހޯދާ