ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމުގެ ރޭންކް

ޖީ.އެސް 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރަށް ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

01- ރިސެޕްޝަން ކައުންޓަރ ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން

02- އިދާރާއާއި އިދާރާއާ ގުޅިފައިވާ ތަންތަނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދައި، ފޯމުތައް ހަދައި، އޯޑަރުކުރުން

03- ފައިސާ ބަލައިގަތުން

04- ފައިސާގެ ރަސީދު ލިޔުން/ ފައިސާ ބަލައިގަތުން

05- ލިބޭފައިސާ ދުވަހުގެ ފޮތަށް އެރުވުމާއި، ތިޖޫރީއަށް ޖަމާކުރުމާއި، އައިޓަމް ބާކީއަށް ނެގުން

06- ޚަރަދުވައުޗަރ ތައްޔާރުކުރުން

07- ވައުޗަރ ރަޖިސްޓަރީ ބެލެހެއްޓުން

08- ޗެކް ހަވާލުކުރުމާއި ޗެކް ރަޖިސްޓަރީ ބެލެހެއްޓުން

09- އިދާރާއަށް ލިބޭ އާމުދަނީގެ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

10- ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން

11- ފައިސާއާގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން

12- ޒަކާތާބެހޭ ކަންތައްތައް

(ހ) ފަގީރުންނާއި މިސްކީނުންގެ ލިސްޓު ތައްޔާރުކުރުމާއި، ލިސްޓު ފޮނުވަންޖެހޭ ދާއިރާތަކަށް ފޮނުވުން

(ށ) ފަގީރުންނާއި މިސްކީނުންނަށް ބަހަން ލިބޭ ފައިސާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކަމާގުޅޭ ދާއިރާއަކުން އަންގާ ގޮތެއްގެމަތިން ބެހުން

(ނ) ފައިސާ ހަވާލުކުރިގޮތުގެ ލިޔުން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން

13- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ހަވާލުކުރުން

14- ކޮންމެމަހެއް ނިމުމުން އެމަހެއްގެ 1 ، 2 ގެ ރިޕޯޓުތައް ތައްޔާރުކުރުން

(ހ) ތިޖޫރީ ރިޕޯޓު

(ށ) މުވައްޒަފުންގެ ހާޒިރީ ރިޕޯޓު

15- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރު ކުރުމާއި ފޮނުވުމާއި، ފެކްސް ކުރުމާއި މެއިލް ކުރުން

16- މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީއާއި ސަލާމުގެ ކަންކަން ބެލެހެއްޓުން

(ހ) ހާޒިރީފޮތް މުވައްޒަފުން ސޮއިކުރުމަށް ތައްޔާރުކުރުން

(ށ) މަސްނިމުމުން ހާޒިރީ ރިޕޯޓު ތައްޔާރުކުރުން

(ނ) ސަލާމުގައި ނުވަތަ ޗުއްޓީގައި ނުވަތަ އިދާރާގެ ބޭނުމަށް ރަށުން ބޭރުގައި ނުވަތަ ހާޒިރުނުވާ މުވައްޒަފުން ގަވާއިދުން ހާޒިރީގައި ރެކޯޑު ކުރުން

(ރ) މުވައްޒަފުންގެ ޗުއްޓީ ޗިޓު ތައްޔާރުކޮށް ހަވާލުކުރުން

17- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން

18- ކައުންސިލް އިދާރާއިން ކުރާ ދަތުރުތައް ހަމަޖެއްސުން

19- މުއާސަލާތާބެހޭ ތަކެއްޗާއި މެޝިނަރީއާއި އިމާރާތް މަރާމާތުކޮށް ބެލެހެއްޓުން

20- އިދާރާގެ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގުރާމްތައް ހޯދުން

21- ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓްގައި ހިމަނަންޖެހޭ މަޢުލޫމާތުތައް ޗެކްކުރުމަށްފަހު ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން

22- ފައިލް ކުރުން

23- މުވައްޒަފުން ލެއްވުމާއި ބަދަލުކުރުމާއި ވަކިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުން

(ހ) މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް HRMD ކޮމެޓީން ނިންމާ ގޮތެއްގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން

(ށ) ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން

(ނ) ވަޒީފާ ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ދޫކޮށްލުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

(ރ) މުވައްޒަފުންނަށް ބޭނުންވާ ކުރިއެރުން ހޯދުމަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.

(ބ) ޚިދުމަތުގައިތިބޭ މުވައްޒަފުންނަށް އިތުރަށް ޓްރޭނިންގ ދިނުމާބެހޭ ކަންތައްތައް ރާވައި ހިންގުން

24- ފޮތްތަކުގައި ނަންކޮޅު ތައްކުރުމާއި ގަނޑު ލެއްވުމާއި ސެލޯފިން ލެއްވުމާއި އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން

25- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

26- މީގެއިތުރުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަމްރީނު

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އިންޓަރވިއު ބާއްވާނެ ތަނާއި ތާރީޚު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. (ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެ)

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާގުޅޭ ލިޔުންތައް މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އުޖޫރައާއި އިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލު އިތުރުގަޑީގެ ފައިސާ

4. ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500029 ފޯނާއެވެ. އަދި ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ