ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ޖީ. އެސް. 4 

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ކްލެސިފިކޭޝަން:

1 (އެކެއް)

ބޭނުންވާ އަދަދު:

188-OD/22/2016/9

މަޤާމުގެ ނަންބަރު:

ވިލުފުށި  

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ވިލުފުށީ ސްކޫލް، ތ. ވިލުފުށި

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

އެޑްމިން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

މުސާރައާއި ޢިނާޔަތްތައް:

- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ ޝަރުޠު:

1- ލިޔެކިޔުމުގެގޮތުގައި ލިބޭ އެންމެހައި ތަކެތި އެންޓްރީކޮށް، އިސްވެރިޔާއަށް ދުވަހުން ދުވަހަށް ހުށަހެޅުން.

2- އެންޓްރީކުރެވިފައިވާ ތަކެތީގެ އަސްލާއި ކޮޕީތައް އެ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

3- ދަރިވަރުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

4- ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

5- މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކޮށް ތިރީގައިވާ ލިޔުންތައް ފުރިހަމަކޮށް ފައިލްކުރުން.

- ވަޒީފާއަށް އެދި ފޮނުވާ ސިޓީ.

- ވަޒީފާ ހަމަޖެއްސުމަށް ފޮނުވި ސިޓީއާއި މެސެޖުގެ ކޮޕީ.

- ވަޒީފާ ދެއްވިކަން އެންގެވި ސިޓީ މެސެޖުގެ ކޮޕީ.

- އަލަށް ވަޒީފާ ހަމަޖެހުން   މުވައްޒަފުންނަށް ވަގުތީގޮތުން ގެންގުޅެން ފެށިކަން ނުވަތަ ވަޒީފާ ދެއްވިކަން އަންގާ ފޮނުވި ލިޔުމުގެ ކޮޕީ.

- ވަޒީފާ ބަދަލުވާ މުވައްޒަފުންނަށް އެކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.

- ވަޒީފާއިން ވަކިކުރާ އެކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.

- ވަގުތީ މުވައްޒަފެއްނަމަ ދޫކޮށްލިކަން ނުވަތަ ވަޒީފާ ވަކިކުރެއްވިކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.

- މުވައްޒަފުންގެ ސަލާމް ސިޓީއާއި މެޑިކަލް ސެޓްފިކެޓް.

- މުވައްޒަފުންގެ ޗުއްޓީ ޗިޓް.

- މުވައްޒަފުންގެ ޕާސަނަލް ފައިލުގައި ފައިލްކުރުމަށް ސްކޫލުގެ އިސްވެރިޔާ ކަނޑައަޅުއްވާ ލިޔުންތަކުގެ ކޮޕީ.

6- ދަރިވަރުންގެ ޕާސަނަލް ފައިތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

7- ސްކޫލުގެ ޔައުމިއްޔާއާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.

8- ސްކޫލް ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.

9- ސްކޫލުން ގެޔަށް ފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި، އެ ދަރިވަރުންގެ ގެޔަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

10- މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުން.

11- ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

12- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ  ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

13- ރަސްމީ ބަޖެޓާއި، ސްކޫލުގެ ފައިސާއާބެހޭ އެހެނިހެން އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ޤަވާޢިދުގައި ބަޔާންކުރެވިފައިވާ ގޮތެއްގެމަތިން ލިޔެ ބެލެހެއްޓުން.

14- އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން  ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ފޮނުވުން.

15- ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ، އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

16- ސަޕޯޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.

17- އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- އިންޓަވިއު.

- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.

- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

- މުޢާމަލާތުކުރުމުގެ ހުނަރު.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. ވިލުފުށީ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހަޅަންވީގޮތް:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 14:00 އެވެ.

ސުންގަޑި:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ފެބުރުވަރީ 25 އާއި 29 އާ ދޭތެރޭ، ތ. ވިލުފުށީ  ސްކޫލުގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ވިލުފުށީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. ނޯޓު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7940633 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

5 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ