ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                     މަސައްކަތު

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެސްއެސް 1

   ކްލެސިފިކޭޝަން:                ސަޕޯޓް ސްޓާފް ގްރޭޑް1

   މުސާރަ:                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ފުވައްމުލަކު ސްކޫލް

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     އެޑްމިން ސެކްޝަން / ފުވައްމުލަކު ސްކޫލް

   އެހެނިހެން އިނާޔަތް:             އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ގޯތިތެރެއިން ހަވާލުވެފައިވާ ސަރަޙައްދުން ވިނަ ނޮޅައި ސާފުކުރުން.
  2. ސްކޫލުގެ ޢިމާރާތްތަކުގެ ތެރެއިން އެވަގުތަކު ހަވާލުވެފައިވާ ޢިމާރާތްތަކެއް ދުވާލަކު 1 ފަހަރު ރަނގަޅަށް ފޮޅައި ސާފުކޮށް މޮޕްޖަހައި ތަޅުލައި ބަންދުކުރުން.
  3. ސްކޫލުގެ ފަރުނީޗަރާއި އިމާރާތްތަކުގެ ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  4. ސްކޫލުގެ ޢިމާރާތްތަކުގެ ތެރެއިން އެވަގުތަކު ހަވާލުވެފައިވާ ޢިމާރާތްތަކެއް، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓާއި އަދި ފަންކާ މަދުވެގެން ހަފުތާއަކު 1 ފަހަރު ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.
  5. މުވައްޒަފުންނާއި ދަރިވަރުން އަދި އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ދަޢުވަތު ކާޑު، ސިޓީފަދަ ތަކެތި ހަވާލުކުރުމާއި، ދަންނަވާ ފޮތުގައި ސޮއިކުރުވުމާއި، ސްކޫލުން ބެލެނިވެރިންނާއި އެހެނިހެން ފަރާތްތަކަށް އަންގަން ހަވާލުކުރާ އެންގުންތައް ދުވަހުން ދުވަހަށް އެންގުން.
  6. ސްކޫލުން އަންގާ ގޮތެއްގެ މަތިން، އެކިއެކި އޮފީސްތަކާއި އަމިއްލަ ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ހަވާލުކުރުން.
  7. ސްކޫލުގެ ގޯތިތެރޭގައި ހުރި ރުއްގަސްތައް ސާފުކޮށް ބެލެހެއްޓުން.
  8. ގޯތިތެރޭގައި ހުރި ގަސްތައް ކޮށައި ބެލެހެއްޓުން.
  9. އިމާރާތްތަކުގެ ދިޔަދޮވި ސާފުކުރުން
  10. މީޓިންގތަކަށް ގޮނޑިޖަހައި ތައްޔާރުވުން.
  11. ސްކޫލުން ހިންގޭ އެކިއެކި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވުން
  12. މަސައްކަތު މީހަކު ހާޒިރުނުވެއްޖެ ހިނދެއްގައި އެމުވައްޒަފެއްގެ ޒިންމާގެ ތެރެއިން ވަގުތީގޮތުން ހަވާލުކުރެވޭ ކަމެއްކުރުން
  13. ޖަލްސާތަކަށް ހޯލް ތައްޔާރުކުރުން އަދި ޖަލްސާ ނިމުމުން ކްލާސްތައް ތައްޔާރުކުރުން

ޝަރުޠު:

  1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައިގެން.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2016 ފެބުރުވަރީ 25 އާ 29 އާ ދެމެދުގެ ތާރީޚެއްގައި ފުވައްމުލަކު ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު މި ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 ފެބުރުވަރީ 2016 ވަނަދުވަހުގެ މެންދުރުފަހުގެ 1:00 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފުވައްމުލަކު ސްކޫލުގެ ނަންބަރު 6860002 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2016
ހޯދާ