ދިވެހިރާއްޖެ
|
މަޤާމު: |
ކައުންސިލު އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-464047 |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސާވިސް ރޭންކް 5، ސްޓެޕް 1 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
- |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާ |
|
މުސާރަ: |
9495.00 (ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ފަސްރުފިޔާ) |
|
މަޤާމުގެ އެލަވަންސް: |
2850.00 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) |
|
އެހެނިހެން އެލަވަންސް: |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން. 2- ކައުންސިލް އިދާރާގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން. 3- އަސާސީ ޕެންޝަނާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 4- ސޯޝަލްވެލްފެއަރ އާއި ގުޅުންހުރި އެންމެހާ ކަންކަންކުރުން. 5- އިސްރަށްވެހިންގެ ނާދީ އާއި މުސްކުޅިންގެ ހިޔާ އާއި ގުޅިގެން ކައުންސިލުން ހިންގާ ޙަރަކާތްތައް ކައުންސިލުގެ މަޝްވަރާގެ މަތިން ރާވާ ހިންގުން. 6- ގެވެށިއަނިޔާ ހުއްޓުވުމާއި އަނިޔާ ލިބޭ ފަރާތްތަކާއި ގުޅުންހުރި އެންމެހާ ކަންކަންކުރުން. 7- ޢިމާމުންގެ މަސައްކަތްތައް ސުޕަވައިޒުކުރުމާއި ޢިމާމުންގެ އެޕްރައިޒަލް ބެލެހެއްޓުމާއި މާރކްސްދިނުން 8- ރަށާއިބެހޭ މައުލޫމާތު ފޯމްތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 9- އިންސާނީ ޙައްޤުތަކާއި ރަށުގައި އުފެދޭ އިޖްތިމާޢީ މައްސަލަތައް ދެނެގަނެ އެމައްސަލަތައް ޙައްލުކުރުމަށް އިދާރީ އެޙީތެރިކަން ދިނުން. އަދި 'އިބަމަ' ގެ އިދާރީ މަސައްކަތްތައް ކުރުން. 10- ޔުނިޓްގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފަކު ޗުއްޓީނެންގެވުމާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން. 11- ޕެންޝަން ލިބޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި އަޕްޑޭޓްކުރުން. 12- ކައުންސިލުގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެމަތިން ކައުންސިލުގެ އިދާރާ ހުޅުވައިލެއްޕުން. 13- މުވައްޒަފުންނަށް ރާވާ ހިންގާ ޓްރައިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުން. 14- ކައުންސިލުގެ ވޯކްޕްލޭން ތަންފީޛުކުރުމަށް ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމުގައި ކައުންސިލަށާއި އިދާރީ މުވައްޒަފުންނަށް އެއްބާރުލުންދީ އެހީތެރިވެދިނުން. 15- ޤައުމީފެންވަރުގައި އަދި އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފާހަގަކުރެވޭ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ކައުންސިލަށް އެއްބާރުލުން ދިނުން. 16- ރަށަށް ޒިޔާރަތްކުރައްވާ، ސަރުކާރުގެ އިސްބޭފުޅުންނާއި، އެހެނިހެން ޓީމުތަކަށް މަރުޙަބާދެންނެވުމަށް ތައްޔާރުކުރަންޖެހޭ ތަކެތި ތައްޔާރުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވުން. 17- ޖަމާޢަތްތެރިކަންކުރާ ފަރާތްތަކުގެ ރިޕޯޓްތައްޔާރުކުރުން. 18- މިސްކިތްތަކާއި ޤަބުރުސްތާން އަދި ހިނަވާގެސާފުކުރުމާއި އެތަންތަނުގެ ޙާލަތު ދެނެގަނެ އެކަމުގައި މައުލޫމާތު ކައުންސިލަށް ހިއްސާކުރުން. 19- ޢާއްމު ޞިއްޙަތާއި ރޯގާ ބަލިމަޑުކަމުން ސަލާމަތްވުމަށް ރަށުފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ހިންގާ ޙަރަކާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި ހޮސްޕިޓަލާއި ގުޅިގެން ޢާއްމު ޞިއްޙަތާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން. 20- މަދިރި އާލާވާތަންތަން ދެނެގަނެ މަދިރި ކޮންޓްރޯލުކުރުމަށް، ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން ޙަރަކާތްތައް ރޭވުމާއި ހިންގުން. 21- އާޘާރީތަކެއްޗާއި ތަންތަން ހިމާޔަތްކުރުމާއި އެތަންތަނާއި ބެހޭ މައުލޫމާތު އެއްކޮށް ރައްކާތެރިކުރުން. 22- ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދަފްތަރު އެކުލަވާލުމާއި، ދަފްތަރަށް އަންނަ ބަދަލު އަދާހަމަކުރުން. 23- ޢާއްމު އުނދަގުލާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން. 24- މުވައްޒަފުންގެ މެދުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. |
|
މަޤާމުގެ ޝަރުޠުތައް: |
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރ ސައިންސް، އެންޓްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިލްޑިންގ މެއިންޓެނަންސް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލު އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، ދިވެހި ލޭންގްއޭޖް، އިކޮނޮމިކްސް، އެޑިއުކޭޝަން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، އިލެކްތްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް، އިލެކްޓްރީޝަން، އިލެކްޓްރޯނިކަލް ޓެކްނޮލޮޖީ، އިލެކްޓްރޯނިސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން، އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ، އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް، އެންވަޔަރަމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހެވީ މެޝިން އޮޕަރޭޝަންސް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަން، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެއިންޓަނަންސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ، މެއިންޓަނަންސް އިންޖިނިއަރިންގ، މެނޭޖްމެންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމެންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަން، ރިލިޖަސް ސަރވިސަސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމެންޓް، ސްޓެޓިސްޓިކްސް، ސްޓެކްޝަރަލް އިންޖިނިއަރިންގ، ސަންޓެއިނަބުލް ޑިވެލޮޕްމަންޓް، އާބަން ޕްލޭނިންގ، އާބަން ސްޓަޑީޒް. |
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: %30 ) އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: %5) ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: %5) އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %5) އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް: %20) އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %35 ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ % 60 އަށްވުރެ މަތިވާންޖެހޭނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު އުތުބުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 އޮކްޓޫބަރ 04 އާއި 07 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540052 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
