ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އެސޯސިއޭޓް

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

މަގާމުގެ ނަން:

ކަސްޓަމަރ ސަރވިސް އެސޯސިއޭޓް

ރޭންކް:

ޖީ.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް

ބޭނުންވާއަދަދު:

7 (ހަތެއް)

އަސާސީމުސާރަ:

4,465.00 ރުފިޔާ

ސަރވިސްއެލަވަންސް:

1,500.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

2,009.25 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުމާއި، އަންނަ ކޯލްތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

(ހ) "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

(ނ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

(ރ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

(ބ) ލިބިފައިވާ ސަނަދުތަކުގެ ކޮޕީ.

(ޅ) ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

(ކ) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

އިތުރު މައުލޫމާތު:

މި ވަޒީފާއަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 ސެޕްޓެންބަރު 27ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީ.ޑީ.އެފް. ފޯމެޓުގައި ފޮނުވަންވާނެއެވެ .މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ.

އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

21 ސެޕްޓެންބަރު 2026
ހޯދާ