ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
|
1. މަގާމުގެ ނަން: |
ސީނިއަރ ކްރިއޭޓިވް ރައިޓަރ |
|
ރޭންކް: |
އެމް.އެސް. 3 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕަބްލިކް އިންފޮރމޭޝަން އެންޑް މެނިފެސްޓޯ ޑެލިވަރީ ކޮމިއުނިކޭޝަންސް އޮފީސް |
|
ބޭނުންވާއަދަދު: |
3 (ތިނެއް) |
|
އަސާސީމުސާރަ: |
7,035.00 ރުފިޔާ |
|
ސަރވިސްއެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވްޖޮބްއެލަވަންސް: |
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގއެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.
|
|
މަގާމުގެ ޝަރުޠު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑުވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅުތަކާއި، ދެއްވާ ޚިތާބުތަކާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ސަރުކާރުން މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން އޮފީހުން ތައްޔާރުކުރާ ދިވެހި ޚަބަރުތަކާއި، އިނގިރޭސި ޚަބަރުތައް ތައްޔާރުކޮށް، ވެބްސައިޓުގައި ޝާއިޢުކުރުން. - ސޯޝަލް މިޑިއާގައި ކުރާ ޕޯސްޓުތައް ތައްޔާރުކުރުން. - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އަދާ ހަމަކޮށް، އޮފީހުގެ ޚަބަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރެވިފައިވާކަން ޔަގީންކުރުން.
|
|
2. މަގާމުގެ ނަން: |
ރިސަރޗް އޮފިސަރ |
|
ރޭންކް: |
އެމް.އެސް. 1 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕަބްލިކް އިންފޮރމޭޝަން އެންޑް މެނިފެސްޓޯ ޑެލިވަރީ ކޮމިއުނިކޭޝަންސް އޮފީސް |
|
ބޭނުންވާއަދަދު: |
1 (އެކެއް) |
|
އަސާސީމުސާރަ: |
5,610.00 ރުފިޔާ |
|
ސަރވިސްއެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވްޖޮބްއެލަވަންސް: |
2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގއެލަވަންސް: |
2,500.00 ރުފިޔާ |
|
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް: |
1,000.00 ރުފިޔާ |
|
މަގާމުގެ ޝަރުޠު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ޕަބްލިކް އިންފޮރމޭޝަން އެންޑް މެނިފެސްޓޯ ޑެލިވަރީ ކޮމިއުނިކޭޝަންސް އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ތަފާތު ދިރާސާތައް ކުރުމާއި އެކުލަވައިލާންޖެހޭ ރިޕޯޓް/ ބްރީފިން/ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
|
|
ހުށަހަޅަންޖެހޭ ތަކެތި: |
(ހ) "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު". (ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ނ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ. (ރ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ބ) ލިބިފައިވާ ސަނަދުތަކުގެ ކޮޕީ. (ޅ) ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ. (ކ) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: - ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. - ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
|
އިތުރު މައުލޫމާތު: |
މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 ސެޕްޓެންބަރު 24ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީ.ޑީ.އެފް. ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ. |
