ފ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

މަޤާމު:

ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-427578

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކްސަރވިސް ރޭންކް 7

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. އަތޮޅު ހޮސްޕިޓަލް

މުސާރާ:

-/9,845 ރުފިޔާ

ޖޮބް އެލަވަންސް:

-/4595 ރުފިޔާ

ޙާޟިރީ އެލަވަންސް

ޙާޟިރުވާ ކޮންމެ ދުވަހަކަށް -/125 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާއިން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުވެރިޔާ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  4. އޯފީޑީން ގެންނަ އަމްދަނީފައިސާގެ ރިސިޕްތައް އަދި ކްރެޑިޓް ބިލްތައް ޗެކުކޮށް ފައިސާ ބަލައިގަތުމާއި ދުވަހުން ދުވަހަށް ލިބޭ އާމްދަނީ ޖަމާކޮށް އެދުވަހެއްގެ ރިޕޯޓާއި އެއްކަރުދާސްކޮށް ފައިލްކުރުން
  5. އާމްދަނީ ފައިސާގެ ދުވަހުފޮތާއި ބާކީ ފުރިހަމަކޮށް ބެލެހެއްޓުން
  6. ކްރެޑިޓް ބިލްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް މެއިލްކުރަންޖެހޭ ފަރާތްތަކަށް މެއިލްކުރުން. އަދި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. ކޮންމެ މަހެއް ނިމުމުން މަރުކަޒުތަކާއި ހޮސްޕިޓަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ސަރުކާރު އާމްދަނީ އެކައުންޓަށް ޖަމާކޮށް މިކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް ފޮނުވުން.  
  8. ކޮންމެ މަހެއް ގެ 05 ވަނަ ދުވަހުގެ ކުރިން ނިމުނު މަހު އަތޮޅުތެރޭ މަރުކަޒުތަކުން ލިބެންޖެހޭ ރިޕޯޓްތައް (ތިޖޫރީ ރިޕޯޓް، ބަޖެޓް ރިޕޯޓް، އާމްދަނީ ފައިސާގެ ރިޕޯޓް، އެޗް.ޕީ.އޭ ލިބެންޖެހޭ އާމްދަނީ ފައިސާގެ ރިޕޯޓް، އާސަންދައަށް ފޮނުވާ ފައިސާގެ ރިޕޯޓް، ޕެޓީކޭޝް ރިޕޯޓް) ހޯދުމާއި އެރިޕޯޓްތަކާއި ގުޅިގެން ޖަމާކުރަންޖެހޭ ފައިސާ  ޖަމާކުރުވުން.
  9. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނިމުނު މަހުގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.  
  10. ހޮސްޕިޓަލުގެ ބަޖެޓް ފިޔަވައި އެހެނިހެން ގޮތްގޮތުން ނަގަންޖެހޭ ފައިސާއެއް ހުރި ނަމަ، އެފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކޮށް ލިޔެކިޔުން ފުރިހަމަކުރުން
  11. ހޮސްޕިޓަލުގެ ބަޖެޓް ފައިސާ ފިޔަވައި އެހެން ފައިސާއާއި ގުޅުންހުރި ފޮތްތަކާއި ބިލްތައް ދުވަހުން ދުވަހަށް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  12. ބަޖެޓް ފިޔަވައި އެހެނިހެން ގޮތްގޮތުން ޚަރަދުކުރެވޭ ފައިސާގެ ވައުޗަރ ތައްޔާރުކޮށް، ވައުޗަރު ރަޖިސްޓްރީއާއި މިނޫންވެސް އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން
  13. ހޮސްޕިޓަލުގެ ބަޖެޓް ފައިސާ ފިޔަވައި އެހެން ފައިސާ ޚަރަދުކުރުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމައަށް ހުރިތޯ ޗެކުކޮށް، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފައިސާ ޚަރަދުކުރަމުން ގެންދިއުން، އަދި ފައިސާ ބަލައިގަތުމާއި ޚަރަދުކުރުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން މަސައްކަތްތައް ނިންމަމުން ގެންދިއުން
  14. ބަޖެޓު ފައިސާގެ މަސައްކަތްތަކާއި ޙަވާލުވެހުންނަ މުވައްޒަފު ޗުއްޓީގައި ހުންނަ މުއްދަތު އެމުވައްޒަފުގެ އެންމެހާ މަސައްކަތްތައް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން

މަޤާމުގެ ޝަރުޠުތައް:

1-       މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރިއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް  ޙާޞިލްކޮށްފައިވުން

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  1. އެކައުންޓިންގ އެންޑް ފައިނޭންސް  
  2. އެޑްމިނިސްޓްރޭޝަން  
  3. އޮޑިޓިންގ  
  4. ބިޒްނަސް  
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  6. ބިޒްނަސް މެނޭޖްމަންޓް  
  7. ކޮމާރސް  
  8. ފައިނޭންސް  
  9. ފައިނޭންޝަލް މެނޭޖްމަންޓް  
  10. ފައިނޭންޝަލް ޕްލޭނިންގ  
  11. ހެލްތް އެޑްމިނިސްޓްރޭޝަން  
  12. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  13. ހެލްތް ކެއަރ މެނޭޖްމަންޓް  
  14. ހެލްތު މެނޭޖުމަންޓް  
  15. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  16. ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  17. ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  18. ހޮސްޕިޓަލް މެނޭޖްމަންޓް  
  19. ހިއުމަން ރިސޯސް  
  20. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  21. އިންޓަރނަލް އޮޑިޓިންގ  
  22. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  23. އިސްލާމިކް ފައިނޭންސް  
  24. ލެބޯޓަރީ ސައިންސް  
  25. މެނޭޖްމަންޓް  
  26. މެޑިކަލް ސައިންސް  
  27. ނާސިންގ  
  28. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  29. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  30. ޕަބްލިކް ފައިނޭންސް  
  31. ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން  
  32. ޕަބްލިކް މެނޭޖްމަންޓް 

ގުޅޭ ވަޒީފާގެ ދާއިރާތައް:

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
  2. https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކްފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ (12:00) ގެ ކުރިން، (ފ. އަތޮޅު ހޮސްޕިޓަލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން  އޮންނާނީ  (04 އޮކްޓޫބަރ 2026) އާއި (08 އޮކްޓޫބަރ 2026) އާ ދެމެދު، (ފ. އަތޮޅު ހޮސްޕިޓަލް) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)  އާންމުކޮށް ފެންނާނެހެން ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6740086)އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

20 ސެޕްޓެންބަރު 2026
ހޯދާ