އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް 

ބޭނުންވާ އަދަދު: 1 (އެކެއް)            

މުސާރަ: -/4،465 ރުފިޔާ               

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ     

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް ލިބޭ ސިޓީ، ނޯޓު، ޗިޓް، ބިލްފަދަ އެންމެހައި ލިޔުންތައް ބަލައިގަނެ، އެ ތަކެތި ދުވަހުން ދުވަހަށް އެންޓްރީކޮށް ޕްރިންސިޕަލްގެ އަރިހަށް ގެންދިއުން.
  2. އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، ރަނގަޅު މަޢުލޫމާތު ދެވޭނެ ފަރާތްތަކަށް ވަގުތުން ފޯން ޕާސްކޮށްދިނުން.
  3. އޮފީހަށް ވަޑައިގަންނަވާ މެހެމާނުން ބަލައިގަތުމާއި، އެކިބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރުމުގެ އިންތިޒާމް ވަގުތުން ހަމަޖެއްސުން.
  4. ގަޑިޖެހިގެން ސްކޫލަށް އަންނަ ދަރިވަރުންގެ ސްލިޕް ފުރިހަމަކޮށް، ބެލެނިވެރިޔާއަށް ގުޅުމަށްފަހު، އެ ދަރިވަރަކާ ހަވާލުވެހުންނަ ލީޑިންގ ޓީޗަރަށް ވަގުތުން ފޮނުވުން.
  5. ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުން.
  6. ދަރިވަރުންނާ ހަވާލުކުރުމަށް ބެލެނިވެރިން ގެންނަ ތަކެތި މަސައްކަތު މީހަކު ލައްވާ ވަގުތުން ކްލާހަށް ފޮނުވުމާއި، ކުދިން ނިމޭ ގަޑީގައި ބެލެނިވެރިންނާ ގުޅަން ބޭނުންވާ ދަރިވަރުންނަށް ގުޅޭނެ އިންތިޒާމް ވަގުތުން ހަމަޖެއްސުން.
  7. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:       

- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ.)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އެޓެސްޓްކުރެވިފައިވާ އަސްލު

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.

ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 24 ދުވަހުގެ 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާ އެއްކޮށް އަމީނިއްޔާ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، އަމީނިއްޔާ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008736 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3313726 އެވެ.

5 ޖުމާދުލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ