ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޓީޗަރ (ޢަރަބި) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އޮތް އޮފީސް: |
ލ. މާމެންދޫ ސްކޫލް |
މަޤާމުގެ ގިންތި: |
ދާއިމީ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ގްރޭޑަށް ކިޔަވައިދޭ މުދައްރިސުންގެ ކޯޑިނޭޝަން މީޓިންގތަކުގައި ބައިވެރިވުން.
2. ފިލާވަޅު ރޭވުމާއި، ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް، ލެސަން ޕްލޭން އެޕްރޫވްކުރައްވާ ބޭފުޅެއްގެ އެޕްރޫވަލް ހޯދުން (ލީޑިންގ ޓީޗަރ / ގްރޭޑް ކޯޑިނޭޓަރ)
3. ގްރޭޑްތަކަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، ހާސިލުވާންޖެހޭ މިންވަރަށް ހާސިލުވެއްޖެކަން ކަށަވަރުކުރުން.
4. އެ ގްރޭޑެއް ބަލަހައްޓަން ހުންނަ ލީޑިންގ ޓީޗަރ އަންގާގޮތެއްގެމަތިން ކޯޑިނޭޓަރުގެ އެހީއާއެކު ދިރާސީ އަހަރުގެ ސްކީމް ތައްޔާރުކުރުން.
5. ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގެގޮތުން ސްކޫލުން ކަނޑައަޅުއްވާ ގޮތްތަކެއްގެމަތިން އެކިއެކި އެސެސްމަންޓްތައް ހަދައި މެދުކެނޑުމެއްނެތި، ދަރިވަރުންގެ ކުރިއެރުން ބަލަމުން ގެންދިޔުން.
6. ކިޔަވައިދޭއިރު ދެނެގަތުމުގެ ހުނަރު (ފެންވަރު) ދަށްކުދިން ފާހަގަކޮށް، ގްރޭޑް ލިޑިންގ ޓީޗަރާ މަޝްވަރާކޮށް، އިތުރު އެހީގެ ކްލާސްތައް ހިންގުން.
7. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާ، ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
8. ކްލާސްޓީޗަރެއްނަމަ، ހާޒިރީއާއި ރެކޯޑް ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، މާކްސް ޝީޓް ތައްޔާރުކޮށް، ރިޕޯޓް ފޮތް ފުރިހަމަކުރުން.
9. ކޮންމެ ޕީރިއެޑެއްގައި ކިޔަވައިދޭ ފިލާވަޅުގެ ރެކޯޑް، ރެކޯޑް ފޮތުގައި ބަރާބަރަށް ލިޔަމުން ގެންދިއުން.
10. އެކިއެކި އިމްތިޙާނުތަކުގެ ޕޭޕަރު ތައްޔާރުކޮށް، އިމްތިޙާނު ހެދުމުން ކުދިންގެ ޕޭޕަރުތައް މާކްކޮށް، ނަތީޖާ ސާފުކޮށް، އެނަލައިސިސް ތައްޔާރުކުރުމާއި، ރިމީޑިއަލް / އެންރިޗްމަންޓް ކްލާސްތައް ނެގުން.
11. ދިމާވާ އަޚްލާޤީ މައްސަލަތަކާއި، އެހެނިހެން މައްސަލަތައް، މަދުވެގެން 3 ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތްކޮށް، ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން ބޮޑެތި މައްސަލަތައް ޙައްލުކުރުން.
12. މުދައްރިސަކު ހާޒިރުނުވާނަމަ، އެ ދުވަސްތަކުގައި ހަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.
13. ސްކޫލުގެ ކިޔެވުމާ ގުޅޭ މަސައްކަތްތައް ތަރައްޤީކުރުމަށް ހިންގޭ އެކިއެކި ހަރަކާތްތަކުގައި، މެނޭޖްމަންޓަށް ފުރިހަމައަށް އެހީތެރިވެދީ، އެއްބާރުލުން ދިނުން.
14. ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިންނަށް ހޭލުންތެރިކަން ލިބޭނެގޮތެއްގެމަތިން ކުދިން ތަރުބިއްޔަތުކުރުވުން.
15. ދަރިވަރުންގެ މެދުގައި އިޖުތިމާޢީ އަދަބުތަކާއި، ޞީއްޙީ ރަނގަޅު އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރުން.
16. ދަރިވަރުން ތަރުބިއްޔަތުކުރުމަށް މަސައްކަތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.
17. ސްކޫލުން ރާއްވަވާފައިވާގޮތުގެމަތިން އިތުރު ހަރަކާތްތައް ހިންގުމަށް އެހީތެރިވެދިނުމާއި، ވަކި ހަރަކާތެއް ހިންގުމާ ހަވާލުވެފައިވާ ފަރާތެއްނަމަ، އެ ހަރަކާތްތަކާ ގުޅޭ ލީޑިންގ ޓީޗަރުގެ ލަފަޔާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުން.
18. ދަރިވަރުންގެ ބެލެނިވެރިންނާ ދޭތެރޭ ރަނގަޅު ގުޅުމެއް ޤާއިމްކުރުން.
19. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠު:
މަގާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10،640 ރުފިޔާ |
-/2،500 ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10،320 ރުފިޔާ |
-/2،500 ރުފިޔާ |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10،100 ރުފިޔާ |
-/2،500 ރުފިޔާ |
||
CS15-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
-/9،910 ރުފިޔާ |
-/2،500 ރުފިޔާ |
||
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/9،850 ރުފިޔާ |
-/2،500 ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/9،360 ރުފިޔާ |
-/2،500 ރުފިޔާ |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/8،890 ރުފިޔާ |
-/2،500 ރުފިޔާ |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
-/8،440 ރުފިޔާ |
-/2،500 ރުފިޔާ |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/8،250 ރުފިޔާ |
-/2،500 ރުފިޔާ |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/7،840 ރުފިޔާ |
-/2،500 ރުފިޔާ |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/7،450 ރުފިޔާ |
-/2،500 ރުފިޔާ |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން. |
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން. |
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރު.
3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.
އިންޓަވިއު ކުރުން:
ހ. 3 މާރިޗު 2016 ގައި މި މަޤާމުގެ އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، http://www.csc.gov.mv/category/forms އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާމެންދޫ ސްކޫލުގެ އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާމެންދޫ ސްކޫލް ގެ ނަންބަރު680549ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
6 ޖުމާދަލްއޫލާ 1437