މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުޓްސަލް ދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފުޓްސަލް ދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

މި ކޯޕަރޭޝަނުން ހަދަމުންދާ ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/52 (17 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް ވަޑައިގަތީ އެންމެ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  • ޓާރފް
  • ލައިޓް ޕޯސްޓް
  • ލައިޓް

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2016 އިން 03 މާރިޗު 2016 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މި ފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. އަދި ބީލަން ފޮތާބެހޭ މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ. 

ޕްރީ-ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 07 މާރިޗު 2016 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 14 މާރިޗު 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދު ކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލްއަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފުޓްސަލް ދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން: 14 މާރިޗު 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޯޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 14 މާރިޗު 2016 ގެ 13:00 ގައި މި ކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާކުރައްވާ ފަރާތަކާ މަސައްކަތް ޙަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުންވުން އެދެމެވެ.

ފޯން:     3320657 960+ ނުވަތަ  9911606  960+

ފެކްސް:    3317133 960+

އީ-މެއިލް:    [email protected]  

ވެބް ސައިޓް:    www.mrdc.com.mv     

09 ޖުމާދަލްއޫލާ 1437 

18 ފެބުރުވަރީ 2016
ހޯދާ