މާވަށު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިސްކޫލްގެ ނަންބަރު GS-49/IU/2016/05 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

   މަޤާމު:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމުގެ ނަންބަރު               J-129528

   ރޭންކް:                     ޖީ.އެސް.3 

   ބޭނުންވާ އަދަދު:                01      

   ވަޒީފާ އޮތް އޮފީސް:              މާވަށު ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެޑްމިން / މާވަށު ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދަރިވަރުންގެ ލީވިންގ ސެޓުފިކެޓާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

2. ޕްރޮކިޔުމަންޓް ޔުނިޓުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން

3. ސްކޫލަށް ގަންނަންޖެހޭ ތަކެތި ގަތުމާއި، އެތަކެތި ސްކޫލަށް ލިބުނުކަން ޔަޤީންކޮށް ސްޓޮކާ ހަވާލުކުރުން.

4. އަގުބަލާ ފޯމު ހެދުން، ބަޖެޓް ހުއްދަ ހޯދުން، ޕީ.އޯ ހެއްދުން

5. ފައިސާ ދައްކަންޖެހޭ ބިލްތަކާއި، އެއާގުޅޭ ލިޔުންތައް ބަޖެޓް ސެކްޝަނާ ހަވާލުކުރުން

6. ދަރިވަރުންގެ މާކްސް ރެކޯޑާއި އަހަރީ ނަތީޖާގެ އެންމެހާ މަސައްކަތްކުރުން.

7. ދަރިވަރުންނާގުޅޭ ލިޔުންތައް ފައިލްކުރުން.

ޝަރުޠު:                       

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފިސަރ ގްރޭޑް 1

ޖީ.އެސް.3

އެޑްމިނިސްޓްރޭޝަން / މެނޭޖުމެންޓް /

އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން

ރިސޯސްމެނޭޖުމަންޓްގެ ދާއިރާއިން

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް

ހާސިލު ކޮށްފައިވުމާއެކު، މަގާމުގެ

މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު

ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން

ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،

އޭގެ އިތުރުން ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި

މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. 

-/4465ރ.

-/1500ރ.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ( ތަޖުރިބާއަށް ބަލާއިރު ޓީޗަރެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. )

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއު ކުރުން

- އިންޓަރވިއު އޮންނާނީ 2016 މާރިޗު 1 އާއި 3 އާ ދެމެދުގެ މުއްދަތުގައި މާވަށު ސްކޫލުގައެވެ. އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )

ށ. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު )

ނ. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާވަށު ސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 29 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާވަށު ސްކޫލްގެ ނަންބަރު 6800010 ފޯނަށް ގުޅުއްވުން އެދެމެވެ. 

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016
ހޯދާ